ހުޅުމާލޭ މިސްކިތަކަށް ގެއްލުންދިން މީހާ އެކަހެރިކުރީ ދެ ވަނަ ހަމަލައެއް ދިން ފަހުން

ހުޅުމާލޭ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލައި ގެއްލުންދީ، މިސްކިތުގައި ހުރި ހަތިމްތަކެއް އުކައިލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މުޖުތަމަޢުން އެކަހެރިކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ....

22 Jul 2026 | 16:14
N/A

N/A

ހުޅުމާލޭ މިސްކިތެއްގެ ދޮރުގެ ބިއްލޫރިގަނޑު ތަޅައިލައި ގެއްލުންދީ، މިސްކިތުގައި ހުރި ހަތިމްތަކެއް އުކައިލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މުޖުތަމަޢުން އެކަހެރިކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި މައްސަލަ ރިޕޯޓް ކޮށްފައިވަނީ ޖުލައި 20 ވަނަ ދުވަހުގެ ފަތިހު 3:47 ހާ އިރު ކަމަށެވެ. ނޫސްވެރީން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން، ހޯމަ ދުވަހުގެ ރޭ ފުލުހުން ބުނީ ތުހުމަތުކުރެވޭ ފަރާތުގެ ހާލަތަށް ރިޢާޔަތްކޮށް، މިސްކިތުގެ ހުރުމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަމަވެސް އެ މީހާ މުޖުތަމަޢުން އެކަހެރިކުރީ، އެ މިސްކިތަށް ދެ ވަނަ ފަހަރަށް ހަމަލައެއް ދިން ފަހުންނެވެ. ފުލުހުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެން ކުރި މަސައްކަތުން އެ މީހާ އެކަހެރިކޮށް، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް