އެއްގަމު ލައިސަންސާ ގުޅޭ ޚިދުމަތްތަކަށް އޮންލައިންކޮށް އެޕްލައިކޮށް، ފައިސާދެއްކޭނެ ގޮތް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ހަމަޖައްސައިފިއެވެ.
މި ޕޯޓަލް އެ އޮތޯރިޓީން ގާއިމުކޮށް، ޚިދުމަތް ދޭން ފަށާފައިވަނީ އިއްޔެ އިން ފެށިގެންނެވެ.
އެއޮތޯރިޓީން އޮންލައިންކޮށް ދޭން ހަމަޖެހިފައިވާ ޚިދުމަތްތަކުގެ ތެރޭގައި، އެއްގަމު ލައިސަންސްގެ ތިއަރީ ޓެސްޓަށް ނަން ނޯޓު ކުރުމާއި، ޕްރެކްޓިކަލް ޓެސްޓަށް ނަން ނޯޓު ކުރުން ހިމެއެވެ. އަދި އެއްގަމު ލައިސަންސް އަލަށް ނެގުމަށް ހުށަހެޅުމާއި، މުއްދަތު ހަމަވެގެން އައުކުރުމަށް ހުށަހެޅުން ވެސް ހިމެނެއެވެ. މީގެއިތުރުން، ލައިސަންސްގެ ކެޓަގަރީ އިތުރުކުރުމަށް ހުށަހެޅުމާއި، ލައިސަންސް ގެއްލިގެން ނުވަތަ ހަލާކުވެގެން އަލުން ލައިސަންސް ހެދުމަށް ހުށަހެޅުން ހިމެނެއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން ގާއިމުކޮށްފައިވާ ޕޯޓަލްގައި ރެޖިސްޓަރ ވެގެން މި ޚިދުމަތްތައް އޮންލައިންކޮށް ލިބޭނެ ކަމަށް އެ އޮތޯރިޓީން މައުލޫމާތުދެއެވެ.
މި ޚިދުމަތްތަކުގެ ސަބަބުން އާންމުންނަށް ވަރަށް ފަސޭހަ ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް