މަސްތުވާތަކެއްޗާއިއެކު ބިދޭސީއަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ބ. އަތޮޅުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 49 އަހަރުގެ ކެނެޑާ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިމީހާ ހައްޔަރުކޮށްފައި ވ...

22 Jul 2019 | 11:31

މަސްތުވާތަކެއްޗާއި އެކު ބ. އަތޮޅުން ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 49 އަހަރުގެ ކެނެޑާ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މިމީހާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި، ބ.އަތޮޅުގެ ރަށަކުންނެވެ.

ފުލުހުން ވިދާޅުވީ، މި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ހުރި ތިން ރަބަރުގަނޑު ފެނިފައިވާކަމަށެވެ.

މި މައްސަލައާއި ގުޅިގެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް ބ.ހިތާދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މިމީހާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.

މި މައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް