ބ. ކަމަދޫ ކައުންސިލާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް، ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުވުމުގައި، ކަމަދޫ ކައުންސިލުން ވަނީ އެރަށުގައި ހުރި ކަންބޮޑުވުންތައް ނައިބު ރައީސް އާއި ހިއްސާ ކުރައްވާފައެވެ.
ކަމަދޫ ކައުންސިލުން ހިއްސާކުރެއްވި ކަންތައްތަކުގެ ތެރޭގައި، އެރަށުގެ ނަރުދަމާއާއި ބޯފެނުގެ ނިޒާމު ޤާއިމުވެފައި ނެތުމުން ހުރި ދަތިތަކުގެ ވާހަކަ ހިއްސާކުރެއްވިއެވެ. އަދި އެރަށުގެ ޞިއްޙީ ދާއިރާގައި ހުރި މައްސަލަތަކާއި، ސްކޫލުގައި ރަނގަޅުކުރަންހުރި ކަންކަމުގެ ވާހަކަ އެމަނިކުފާނާއި އާއި ހިއްސާކުރެއްވިއެވެ.
ކަމަދޫ ކައުންސިލުން ދެއްކެވި ވާހަކަ އެއްސެވުމަށްފަހު ނައިބު ރައީސް ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ ޤާއިމުކުރުމަށް ވަކި އަމާޒެއް ކަނޑައަޅުއްވައިގެން މިސަރުކާރުން މަސައްކަތް ކުރައްވަމުންދާ ކަމުގައެވެ. އަދި ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތައް ޙައްލުކުރުމުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތް ކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް