މި ފެންނަނީ "ހޮޅީގެ މައްސަލަ" އިތުރަށް ގޯސްވެގެން ދާތަން: ޑރ. މުއިއްޒު

ފެނިގެން މިދަނީ ޑީވޯޓަރިން މައްސަލަ ހައްލު ނުކުރެވި އިތުރަށް ގޯސްވަމުން އަންނަތަން ކަމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މުއިއްޒު މިހެން ވިދާޅުވީ ހޮޅި ވަޅުލަންތ...

22 Jul 2019 | 08:09

ފެނިގެން މިދަނީ ޑީވޯޓަރިން މައްސަލަ ހައްލު ނުކުރެވި އިތުރަށް ގޯސްވަމުން އަންނަތަން ކަމުގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިހެން ވިދާޅުވީ ހޮޅި ވަޅުލަންތިބި ބައެއްގެ ފޮޓޯއާއެކު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި މުއިއްޒު އިތުރަށް ވިދާޅުވީ އެކަށީގެންވާ ހައްލެއް ލިބޭނީ ކަމާބެހޭ އެންމެހާ މުއައްސަސާތައް އެކައްޗެއް ކިޔައިގެން ކަމަށެވެ. އެކަމެއްގެ ހުރި ޗެލަންޖަސްތައް އެނގޭނީ އެ ކަމަކާ ހަވާލުވުމުން ކަމަށާއި ފާޑުކިޔުމަކީ ފަސޭހަ ކަމެއް ކަމުގައިވެސް ޑރ. މުއިއްޒު ވިދާޅުވެފައިވެއެވެ.

ޑރ. މުއިއްޒި މިހެން ވިދާޅުވެފައިވާއިރު މާލޭގައި އިމާރާތްކުރާ ސައިޓްތަކުން ފެން ހިންދުމަށް މޫދަށް ހޮޅިއެޅުން އާންމުވެގެން ދިޔައީ ނިމިދިޔަ ސަރުކާރުގައެވެ. އެ ސަރުކާރުގެ ހައުސިން މިނިސްޓަރަކަށް ހުންނެވީ ޑރ. މުއިއްޒު އެވެ. ހޮޅީގެ ކަންތަކުގައި މުއިއްޒަށްވެސް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ.

މިހާރު މި އޮތް ސަރުކާރު އައިސް، މާލޭ ސިޓީ ކައުންސިލަށް ކުރިން ނެތް ބާރުތަކެއް ލިބިފައިވާއިރު އެ ހޮޅިތައް ނަގާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނަމުން ދެއެވެ. އެހެން ނަމަވެސް ހޮޅި އަދިވެސް ދަނީ މާލޭގެ މަގުތަކުގައި އިތުރުވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް