އއ. ރަސްދޫގައި ގެއްލިގެން ހޯދަމުން ދިޔަ ކުޑަ ފިރިހެން ކުއްޖާ ފެނިއްޖެއެވެ.
އުމުރުން 13 އަހަރުގެ މި ފިރިހެން ކުއްޖާ ފެނުނީ އެ ރަށު ފަޅުތެރޭގައި އޮތް ދޯންޏެއްގައި ނިދާފައި އޮއްވައެވެ.
މި ކުއްޖާ ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވަނީ އިޝާ ނަމާދަށް ދިޔަ ފަހުން ހަބަރެއް ނުވުމުން އާއިލާއިން އެކަން ފުލުހުންނަށާއި ރަށު ކައުންސިލަށް އެންގުމުންނެވެ.
ރަށު ރައްޔިތުންނާއި ކައުންސިލާއި ފުލުހުން ނިކުމެ މި ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އެ ދޯނީގައި މި ކުއްޖާ ނިދާފައި އޮއްވާ ފެނުނީ ފަތިސް ނަމާދަށް ބަންގި ގޮވަން ގާތްވެފައި ވަނިކޮށެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ރަށު ކައުންސިލްގެ ރައީސް އަބްދުލް ޖަލީލް މޫސާ ވިދާޅުވީ އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށެވެ. ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ އެ ކުއްޖާ ހޯދުމުގައި ބައިވެރިވި ރަށުގެ އެންމެހާ ރައްޔިތުންނަށާއި އަަދި ފުލުހުންނަށް ކައުންސިލްގެ ނަމުގައި ހާއްސަ ޝުކުރެއް ދަންނަވާކަމަށެވެ.
ދުވަހަށް މައުލޫމާތު ދެމުން އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެ ކުއްޖާ އިޝާ ނަމާދަށް ދިއުމަށްފަހު އެ ދޯންޏަށް އަރާ ނިދީ އާއިލާއާއިމެދު ކޮންމެވެސް ވަރަކަށް ހިތް ހަމަ ނުޖެހިގެންނެވެ. އެގޮތުން ފިލާވަޅު ދަސް ކުރުމާއި ނަމާދަށް ދިއުމަށް ބާރުއެޅުންފަދަ ކަންކަން އާއިލާއިން ކުރާތީ ކަމަށް ދުވަހަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް