އައިކެއާ އިން އައިނެއް ވަގަށް ނެގި މީހަކު ހޯދަނީ

މާފަންނު ޕޮލިހުން ތަޙުޤީޤުކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީ އަށް އެދިއްޖެއެވެ. ފުލުހުން ބުނީ، އައިނެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ އެ މީހާ ...

22 Jun 2026 | 15:46
N/A

N/A

މާފަންނު ޕޮލިހުން ތަޙުޤީޤުކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީ އަށް އެދިއްޖެއެވެ.

ފުލުހުން ބުނީ، އައިނެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ އެ މީހާ އަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާ މީހެއް ކަމަށެވެ. ފުލުހުން އާންމުކުރި ސީސީޓީވީ ވީޑިއޯ އިން ފެންނަނީ ފިރިހެނަކު އައިކެއާ ހޮސްޕިޓަލަށް ވަދެ، ދެ ކޮޅު ބަލައިލުމަށް ފަހު އައިނެއް ނަގައި ކަރުވަޅު ތެރެއަށް ލައިގެން ނުކުމެގެން ދާ މަންޒަރެވެ. އެ ކަން ފާހަގަވި އައިކެއާގެ އަންހެން މުވައްޒަފަކު އެ މީހާއާ ދިމާ އަށް ދުވެފައި ދާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

އެ މީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅައި ހިއްސާކޮށްދެއްވުމަށް ފުލުހުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް