މަރުވި ޑައިވަރުންގެ އިލެކްޓްރޯނިކް އާލާތްތައް އެ ދަތުރުގެ ބައިވެރިޔަކު އިޓަލީއަށް ގެންގޮސްފައި ވަނިކޮށް އިޓަލީ ފުލުހުން އެ ތަކެތި ހިފަހައްޓައިފި

ވ. އަތޮޅު ދެކުނު ކަނޑު (ތިންވަނަ ކަނޑު) ހޮހޮޅައިގެ ތެރޭގައި މަރުވި ފަސް އިޓަލީ ޑައިވަރުންގެ ފޯނާއި ކޮމްޕިއުޓަރާއި ޓެބްލެޓާއި ޔޫއެސްބީ ޑްރައިވާއި ހާޑް ޑްރައިވް، ހަމަ އެ ދަތުރުގައި ބައިވެރިވި ކޮލީގެއް މ...

22 May 2026 | 17:21
ޑރ. ސްޓެފާނޯ ވަނިން -

ޑރ. ސްޓެފާނޯ ވަނިން -

ވ. އަތޮޅު ދެކުނު ކަނޑު (ތިންވަނަ ކަނޑު) ހޮހޮޅައިގެ ތެރޭގައި މަރުވި ފަސް އިޓަލީ ޑައިވަރުންގެ ފޯނާއި ކޮމްޕިއުޓަރާއި ޓެބްލެޓާއި ޔޫއެސްބީ ޑްރައިވާއި ހާޑް ޑްރައިވް، ހަމަ އެ ދަތުރުގައި ބައިވެރިވި ކޮލީގެއް މެދުވެރިކޮށް އިޓަލީއަށް ގެންގޮސްފައި ވަނިކޮށް، ކަލްޕަބަލް ހޮމިސައިޑް (އިހުމާލުން މީހުން މެރުން) ގެ ތަހުގީގުގެ ދަށުން އިޓަލީގެ ޖެނޯއާ ފްލައިންގ ސްކޮޑުން އެ ތަކެތި ހިފަހައްޓައިފިއެވެ.

ޑައިވް މެގަޒިންގައި އިޓަލީގެ ކޮރިއޭރެ ޑެއްލާ ސޭރާއާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަކެތި އިޓަލީއަށް ގެންދިޔައީ ޔުނިވާސިޓީ އޮފް ޖެނޯއާގެ ޒޫލޮޖީ ޕްރޮފެސަރު ސްޓެފާނޯ ވެނީންއެވެ. ވެނީންއަކީ ޑިއުކް އޮފް ޔޯކް ލައިވްއެބޯޑުގައި މަރުވި ޑައިވަރުންނާ އެކު ހަމަ އެ ދަތުރުގައި ބައިވެރިވި ފަރާތެކެވެ. ބެލެވޭ ގޮތުގައި ވެނީން އެ ތަކެތި ގެންދިޔައީ ކޮލީގުންގެ ޒާތީ މުދާ ޢާއިލާތަކާ ހަވާލުކުރުމުގެ ގޮތުންނެވެ. ނަމަވެސް އިޓަލީއަށް ފޯރުމާ އެކު ތަހުގީގީ އިދާރާތަކުން ވަނީ އެ ތަކެތި ހިފަހައްޓައިފައެވެ.

މީގެ ކުރިން ހޮހޮޅައިގެ ތެރެއިން ނެގި ގޯޕްރޯ ކެމެރާތައް ވެސް ތަހުގީގީ އިދާރާތަކާ ހަވާލުކޮށްފައިވާ އިރު، ޑައިވަރުންގެ ޒާތީ ޑިވައިސްތައް ހިފެހެއްޓުމާ އެކު ރޯމް ޕްރޮސެކިއުޓާސް އޮފީހުން ހިންގާ ތަހުގީގު އިތުރަށް ފުޅާވަމުންދާކަން ހާމަވެއެވެ.

މި ހާދިސާގައި މަރުވީ ޔުނިވާސިޓީ އޮފް ޖެނޯއާގެ އިކޮލޮޖީ ޕްރޮފެސަރު މޮނީކާ މޮންޓެފަލްކޯނީ އާއި އޭނާގެ އަންހެން ދަރިފުޅު ޖޯޖާ ސޮމަކާލް އާއި ރިސާޗަރު މުރިއެލް އޮޑެނީނޯ އާއި ރިސާޗް އެސިސްޓެންޓް ފެޑެރީކޯ ގުއާލްޓިއޭރީ އަދި ޑައިވް އިންސްޓްރަކްޓަރު ޖާންލޫކާ ބެނެޑެޓީއެވެ. ހަށިގަނޑު ނެގުމުގެ އޮޕަރޭޝަންގައި ދިވެހި ސިފައިންގެ ސާޖެންޓް މޭޖާ މުޙައްމަދު މަހުދީ ވެސް ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް