މާލޭ ސަރަހައްދުގައި ދުއްވާ ކަނޑު އުޅަނދުތައް ބަލާ ފާސްކުރަނީ

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މެރިން އިންވެސްޓިގޭޝަން ޔުނިޓާއި މެރިން އޮޕަރޭޝަން ޔުނިޓާއި އަދި ސްޕެޝަލް އޮޕަރޭޝަން ކޮމާ...

22 May 2019 | 10:44

ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މެރިން އިންވެސްޓިގޭޝަން ޔުނިޓާއި މެރިން އޮޕަރޭޝަން ޔުނިޓާއި އަދި ސްޕެޝަލް އޮޕަރޭޝަން ކޮމާންޑު ގުޅިގެން، މާލެ ސަރަޙައްދުގައި ދުއްވާ ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި މެއި 21ން 23 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމްގައި، ކަނޑު އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ޤާނޫނާއި ޤަވާއިދުގެ ދަށުން އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބެލުމަށް ހަމަޖެހިފައިވެއެވެ. އަދި އެ އުޅަނދަކީ ކަނޑުދަތުރުފަތުރު ކުރުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ އަދި ދަތުރުފަތުރު ކުރުމަށް އެކަށީގެންވާ އުޅަނދެއްތޯ ބެލުމުގެ އިތުރުން އުޅަނދު ދުއްވާ ފަރާތްތަކުގެ ލައިސަންސަން އޮތްތޯ ބެލުމަށް ހަމަޖެހިފައިވެއެވެ.

މީގެއިތުރުން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ބުނެދިނުމާއި އަދި އުޅަނދުގައި ހުރި ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކުރުމަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް