ލަންކާ ބޮމުގެ ހަމަލާ: މަރުވި މީހުންގެ އަދަދު 290 އަށް

އިއްޔެ ހެނދުނުން ފެށިގެން ލަންކާގެ އަށް ސަރަހައްދަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 290 އަށް އަރައިފިއެވެ. މި ހަމަލާގައި ލަންކާގެ އެކި ހޮސްޕިޓަލުގައި 600 އާ ގާތްކުރާ އަދަދަކަށް ޒަހަމް...

22 Apr 2019 | 06:10

އިއްޔެ ހެނދުނުން ފެށިގެން ލަންކާގެ އަށް ސަރަހައްދަކަށް ދިން ބޮމުގެ ހަމަލާގައި މަރުވި މީހުންގެ އަދަދު 290 އަށް އަރައިފިއެވެ.

މި ހަމަލާގައި ލަންކާގެ އެކި ހޮސްޕިޓަލުގައި 600 އާ ގާތްކުރާ އަދަދަކަށް ޒަހަމްވި މީހުންނަށް މިހާރުވެސް ފަރުވާދެމުން އެބަ ދެއެވެ.

މިހަމަލާގައި ބައިވެރިވި 13 މީހަކު މިހާރު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. ނަމަވެސް އެމީހުން އެ ހަމަލާ ދިނީ ކީއްވެކަމާއި، އެއީ ކޮންބައެއް ކަމެއް ލަންކާ ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް އެގައުމުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވަނީ އެހަމަލާ ދިނީ ގައުމުގެ ގައްދާރުން ކަމުގައި ވިދާޅުވެފައެވެ.

މިހާދިސާއާއި ގުޅިގެން މުޅި ދުނިޔެއިން ލަންކާއަށް ހަމދަރުދީ ފޮނުވަމުން އެބަދެއެވެ. ދިވެހި ރާއްޖެއިންވެސް ވަނީ ލަންކާ ސަރުކާރަށް ހަމްދަރުދީ ފޮނުވައި އެ ހަމަލާ ކުށްވެރިކޮށްފައިވެވެ.

މި  ހާދިސާއާއި ގުޅިގެން އެއްވެސް ދިވެއްސަކަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް