ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފެށުމަށް ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ހުސް ގޮނޑި ގިނަ ކަމުން ފާޑު ކިޔަން ފަށައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ޖަލްސާ އޮތީ ކާނިވާގަ އެވެ.
އާންމުކޮށް އެމްޑީޕީން މާލޭގައި ބާއްވާ ޖަލްސާތަކަކީ މީހުން ގިނަކަމުން ތޮއްޖެހި އިތުރަށް ގޮނޑި ޖަހަން ޖެހޭ ޖަލްސާތަކެވެ. ވެހޭ ވާރޭގައި ފޯރިއާ ޖޯޝުގައި ފިތިފިތިގެން ޖަލްސާއަށް ގޮސް ތިބޭ މީހުން މީގެ ކުރިން އެމްޑީޕީން މާލޭގައި ބޭއްވި ކެމްޕެއިން ޖަލްސާތަކުން ފެނިގެން ގޮސްފައިވެ އެވެ.
އާންމުކޮށް މިހެން ބާއްވާ ފޯރި ގަދަ ޖަލްސާތަ ގަޑިއަށް ފަށާ އެމްޑީޕީން ރޭގެ ޖަލްސާ ފެށީވެސް ފަށަން ހަމަޖައްސާފައޮތް ގަޑިއަކަށް ނޫނެނެވެ.
ފަހަރުގައި ރޭގެ ޖަލްސާގައި މީހުން މަދީ އެމްޑީޕީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ރަށުން ބޭރުގައި ތިއްބެވުމުންނެވެ. އެ ޕާޓީން ރޭ ފެށި "ރަަށްވެހި ފަތިސް" ކެމްޕެއިން ރާއްޖޭގެ ހުރިހާ ރަށެއްގައި ރޭ ފަށާފައިވަނީ އެއް ގަޑިއެއްގައި އެވެ.
އަތޮޅު ތެރޭގެ ކެމްޕެއިނަށް އެމްޑީޕީގެ ގިނަ ވަޒީރުންނާއި މަޖިލީސް މެންބަރުން އަދި ލީޑާޝިޕްގައި ހިމެނިވަޑައިގެންނަވާ ގިނަ ބޭފުޅުން ތިއްބެވީ އަތޮޅުތަކުގައި އެވެ. ފާޑުކިޔާ އިދިކޮޅު ފަރާތްތަކުން ބުނަނީ އެމީހުން މަދުވެގެން ހުސްވާން ޖެހޭނީ ކުރީ ސަފުތައް ކަމަށެވެ. ފަހަތުގައި ތިބެނީ އާންމު ސަޕޯޓަރުންނެވެ.
ފާޑުކިޔަމުންދާ އެމްޑީޕީގެ ބައެއް ސަޕޯޓަރުން ބުނެފައިވަނީ އެމްޑީޕީގެ ލީޑާޝަޕަށް އެ ޕާޓީގެ އާންމު މެންބަރުން ދައްކައި އެދިނީ ވެރިކަމުގަ ތިބެގެން ކުރާ ކޮންމެ ކަމަކީ ރައްޔިތުން ރުހޭނެ ކަންކަން ނޫން ކަމަށެވެ. އެގޮތުން ބައެއް މީހުން ފާހަގަކޮށްފައިވާގޮތުގައި ދީނާ ދެކޮޅު ބައެއް ނިންމުންތަކާއި ވަޒީރުންގެ މެދުގައި ކަންކަން ނިންމުމުގައި އަމަލު ކުރަމުންދާ ގޮތް ހިމެނެ އެވެ.
ބައެއް މީހުން ބުނީ ސަރުކާރަށް މިވީ ދުވަސްތަކުގައި ރައްޔިތުން އެދޭ ފަދަ ބަދަލުތަކެއް ގެނެސްދެވިފައިނުވާ ކަމަށެވެ. އޭގެ ބަދަލުގައި މުޅިންވެސް ފެންނަނީ ވައުދުވީ ކަންކަމާ ދިމާ އިދިކޮޅަށް މަސައްކަތް ކުރާ މަންޒަރު ކަމަށް ބައެއް މީހުން ބުނެފައިވެއެވެ. އަދި މިއީ ރައްޔިތުން މާޔޫސްވެފައިވާތީ ފެނުނު މަންޒަރެއް ކަމަށް ބައެއް މީހުން ވަނީ ބުނެފައެވެ. އަދި ކޯލިޝަންގައި ހިމެނޭ ޕާޓީތަަށް އެމްޑީޕީން ބައި އެޅުމަކީ އެމްޑީޕީ ސަޕޯޓަރުން ރުޅިއައިސް ތިބި އަސްލު ކަމަށް ބުނެފަވެ އެވެ.
https://twitter.com/naibuthuthu3/status/1230912701557284865
އިދިކޮޅު ސިޔާސީ ވާދަވެރިންގެ ތެރެއިން ކުރީގެ ވިލިމާލޭ މެންބަރު އަހުމަދު ނިހާން ވިދާޅުވީ ދިވެހިރައްޔިތުންނަކީ ވެރިން ޒިންމާދާރުކުރަން ޖެހިއްޖެ ކޮންމެ ވަގުތެއްގައި ފަސްނުޖެހި ކުރިއަށްދާ ބައެއް ކަމަށެވެ. އަދި އެއްވެސް ސަރުކާރެއް ބޮޑާވެ، ކިބުރުވެރިކަން އިސްކޮށްފިނަމަ ރައްޔިތުންގެ ލޯބި އިސާހިތަކު ގެއްލިގެން ދާ ކަމީ ރާއްޖޭގެ ޑިމޮކްރަސީގެ ހަގީގަތް ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވީ "ކެނޑި ސަޅިބައިސާތަކުން" ވެރިކަމާއި މަޖިލީސް ހަވާލުކުރުމުން ވީ ގޮތް ރައްޔިތުންނަށް ސާފުވެއްޖެ ކަން އެމްޑީޕީގެ ޖަލްސާގެ މަންޒަރުތަކުން ސާފުވެއްޖެ ކަމަށެވެ.
https://twitter.com/ahmed_nihan/status/1230896223688593409
އެމްޑީޕީގެ ރޭގެ ކެމްޕެއިން ޖަލްސާއަށް މީހުން ދިޔަ އަދަދާއި ލިބުނު ތަރުހީބާ ގުޅޭގޮތުން އެ ޕާޓީން ރަސްމީކޮށް މިހާތަނަށް އަދި އެއްޗެއް ހާމައެއް ނުކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް