މިފްކޯގެ ސީއީއޯއަކަށް އެތަނުގެ އެކްޓިން އެމްޑީ އައްޔަންކޮށްފި

މޯލްޑިވްސސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯއަކަށް އެތަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ފައުސީ އައްޔަން ކޮށްފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާ...

22 Feb 2019 | 07:13

މޯލްޑިވްސސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ސީއީއޯއަކަށް އެތަނުގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިސްމާއިލް ފައުސީ އައްޔަން ކޮށްފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ފައުޒީ އެ މަގާމަށް އައްޔަން ކޮށްފައިވަނީ އިއްޔެ އެވެ.

އެ ކުންފުނީގައި 22 އަހަރު ވަންދެން މަސައްކަތްކޮށށްފައިވާ ފައުޒީ އެކްޓިން އެމްޑީއަކަށް އައްޔަން ކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

މިފްކޯ މިހާރު ހިންގަމުން އަންނަނީ އެސްޓީއޯގެ ބެލުމުގެ ދަށުންނެވެ. އެ ކުންފުނި އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށްފައިވަނީ އެ ކުންފުންޏަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެވެ. އެސްޓީއޯގެ ދަށް މިފްކޯ ބަދަލުކުރީ 2016 ވަނަ އަހަރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް