ހުޅުމާލޭ ގެސްޓްހައުސްއަކަށް ވަދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާ ދީފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީމީހަކު ޒަހަމްކޮށްލައިފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ދަންވަރު ފަތިހު 04:48 ހާއިރު ހުޅުމާލެ ބީޗް ގެސްޓްހައުސް ރިސެޕްޝަނިސްޓަކަށް ހުރި 18...

22 Feb 2019 | 05:20

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީމީހަކު ޒަހަމްކޮށްލައިފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ދަންވަރު ފަތިހު 04:48 ހާއިރު ހުޅުމާލެ ބީޗް ގެސްޓްހައުސް ރިސެޕްޝަނިސްޓަކަށް ހުރި 18 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

"މިހާތަނަށް ބެލި ބެލުމުން އެނގިފައިވާގޮތުގައި އޭނާއަށް ހަމަލާ ދީފައިވަނީ އެތަނަށް އައު ދެމީހެއްކަން އެނގިފައިވޭ" ފުލުހުން ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފައިކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ މިއަދު މީހަކު ޒަހަމްކޮށްލާފައިވާއިރު އިއްޔެވެސް ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި މީހެއްގެ މެއަށާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް