ވާދޫން ވައްކަން ކުރަމުންދިޔަ ބިދޭސީއަކު އަތުލައިގެންފި

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނާއި އިތުރު ބައެއް ސާމާނު ހޯދައި އެމައްސަލައިގާ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝް ރަ...

22 Jan 2019 | 15:29

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފޯނާއި އިތުރު ބައެއް ސާމާނު ހޯދައި އެމައްސަލައިގާ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނެފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ގދ. ވާދޫ ޕޮލިސް ސްޓޭޝަނުން މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ކަމަށެވެ. އެ އޮޕަރޭޝަން ކުރިއަށް ގެންދިޔައީ މީގެ ކުރިން ހުށަހެޅިފައިހުރި ވައްކަމުގެ މައްސަލަތަކަކާއި ގުޅިގެން ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް