ށ. މިލަންދޫ ކައުންސިލް އިދާރާގެ ދޮރުމައްޗަށް މަހުލޭ އަޅައިފި އެވެ.
މިކަމާ ބެހޭގޮތުން ފުލުހުން ވިދާޅުވީ، ރޭގެ ވަގުތެއްގައި މިލަންދޫ ކައުންސިލް އިދާރާއަށް ވަންނަ ދޮރުމައްޗަށް މަހުލޭ އަޅާފައިވާ މައްސަލައެއް މިއަދު ހެނދުނު 7:00 ގައި ރިޕޯޓު ކޮށްފައިވާ ކަމަށާއި، އެމައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި މއްސަލައާ ގުޅޭ އިތުރު ތަފްސީލު ފުލުހުން އަދި ހިއްސާ ނުކުރެއެވެ.
ކައުންސިލްގެ އިދާރާއަށް މަހުލޭ އަޅާފައިވާއިރު، މީގެ ކުރިން ބައެއް ކައުންސިލްތަކަށް ގެއްލުން ދިނުމުގެ ގޮތުން ކަޅުތެޔޮ ޖެހުން ފަދަ ކަންކަން ހިނގާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް