ދިރާގު ރޯދަ ޕްރޮމޯޝަންގެ ނަސީބުވެރިން އުމްރާއަށް ފުރައިފި

ރޯދަ މަހަކީ ހެޔޮ ކަމާއި ހަދިޔާ ބަދަލުކުރުމާއި އަދި ދީލަތި ކަމުގެ މަހެއް ކަމާ މެދު ދެބަސް ވާނެ މީހަކު ނުހުންނާނެ އެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާއި ގުޅިގެން ތަފާތު ޕްރޮމޯޝަންތަކާއި އިނާމުތައް އެކި އެކ...

21 Dec 2018 | 13:54

ރޯދަ މަހަކީ ހެޔޮ ކަމާއި ހަދިޔާ ބަދަލުކުރުމާއި އަދި ދީލަތި ކަމުގެ މަހެއް ކަމާ މެދު ދެބަސް ވާނެ މީހަކު ނުހުންނާނެ އެވެ. ކޮންމެ އަހަރެއްގެ ރޯދަ މަހާއި ގުޅިގެން ތަފާތު ޕްރޮމޯޝަންތަކާއި އިނާމުތައް އެކި އެކި ކުންފުނިތަކުންނާއި ވިޔަފާރިތަކުން ދަނީ ކަސްޓަމަރުންނަށް ހަދިޔާ ކުރަމުންނެވެ.

އެގޮތުން ދިރާގަކީ މިފަދައިން ފާހަކަ ކޮށްލެވޭ އެއް ކުންފުންޏެވެ.  ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ދޭ ކުންފުނި ކަމަށްވާ ދިރާގަކީ ބަރަކާތްތެރި ރޯދަމަހުގައި ކަސްޓަމަރުން އަގުވަޒަންކުރެވޭނެ ފަދަ ބޮޑެތި ހަދިޔާތައް ކޮންމެ އަހަރަކުވެސް ފޯރުކޮށްދެމުން އަންނަ ކުންފުންޔެކެވެ.

މިއަހަރުވެސް ފާހަގަކޮށްލެވުން އެންމެ އަގު ހުރި އަދި އެންމެ ބޮޑު އެއް އިނާމެއް ކަމުގައި ވެގެން ދިޔައީ ދިރާގު ކަސްޓަމަރުންނަށް ހަދިޔާ ކުރި އުމްރާ ދަތުރުތަކެވެ. އެއީ ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ ތެރެއިން ހޮވާލެވޭ ނަސީބުވެރި ކަސްޓަމަރަކަށް ހުރިހާ ހަރަދަކާއެކު ދެ ބޭފުޅުންގެ އުމްރާ ދަތުރެކެވެ.

މިދިޔަ ރޯދަމަހު ދިރާގުން ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަނުގައި ހޮވުނު ނަސީބުވެރި ކަސްޓަމަރުން އިއްޔެ ވަނީ އުމްރާއަށް ފުރާފައެވެ.

ދިރާގުގެ ހުރިހާ ކަސްޓަމަރުންގެ މެދުގައި ރޯދަ މަހުގެ ކޮންމެ ހަފުތާއެއްގައި ބޭއްވި މި ގުރުވަތުލުމުގައި ނަސީބުވެރި ކަސްޓަމަރުން ހޮވާފައިވަނީ ރޯދަމަހަށް ހާއްސަކޮންގެން ޓީ.ވީ.އެމް އިން ހުށައަޅާ "މިވަގުތު" ޕްރޮގްރާމުގައި ލައިވް ކޮށެވެ

ދިރާގުން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ބޭނުންތެރި އަދި ކޮންމެ މޫސުމަކާއި ގުޅޭ ފަދަ އަގުހުރި ޕްރޮމޯޝްތަކާއި ހަދިޔާތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށެވެ.

ދިރާގުގެ ފަރާތުން އުމްރާއަށް ދަތުރުކުރާ ކަސްޓަމަރުންނަށް ބާރަކާތްތެރި އަދި ބާއްޖަވެރި އުމްރާއަކަށް ދިރާގުން އެދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް