ފޮނަދޫ ދާއިރާއަށް ވާދަކުރަން އަދި ނުނިންމަން: އަދުރޭ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރަން އަދި ނިންމާފައި ނުވާކަމަށް އެ ދާއިރާގެ މިހާރުގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)...

21 Dec 2018 | 10:08

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރަން އަދި ނިންމާފައި ނުވާކަމަށް އެ ދާއިރާގެ މިހާރުގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވެފައިވަނީ އަވަސް އޮންލައިން ނޫހުން ގެނެސްދޭ "އަވަސް ހުކުރު" ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

އަދުރޭ ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަ ކުރުމަށް ޕީޕީއެމްގެ ފަރާތުން ޓިކެޓު ލިބިފައިވާ ކަމަށާއި ނަމަވެސް އެ ދާއިރާއަށް ކުރިމަތިލުމާ މެދު ގޮތެއް ނުނިންމަވާ ކަމަށެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަދުރޭ ވިދާޅުވެފައިވަނީ އެކަމާއިމެދު އެއްޗެއް ބުނަން އަދި އަވަސް ކަމަށެވެ. އެއީ ޖަވާބު ދޭން އަދި އުނދަގޫ ސުވާލެއް ކަމަށެވެ. ވިސްނަންޖެހޭ ބައެއް ކަންކަން އެބަ ހުރި ކަމަށެވެ.

އަދުރޭ ވިދާޅުވެފައިވަނީ އެ ދާއިރާއަށް ނިކުންނަން އެއްވެސް ހުރަހެއް ނެތްކަމަށާއި ނަމަވެސް އެމަނިކުފާނުގެ އުސޫލަކީ ރައްޔިތުންނާއި ވާހަކަ ދައްކައިގެން ކަންކަން ކުރުން ކަމުގައިވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވެފައިވަނީ ފޮނަދޫ ދާއިރާއަށް ކުރިމަތިލުމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ދާއިރާގެ ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށާއި އެ ދާއިރާއަށް ކުރިމަތިލާން ނިންމާނީ ރައްޔިތުންނަށް އެގޮތަށް ފެންނަންޏާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް