މޫދަށް އެރި އުޅެނިކޮށް އިއްޔެ ނިޔާވި ފަސް އަހަރުގެ ކުއްޖާގެ އާއިލާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްދަލުކުރައްވައިފިއެވެ.
ނައިބު ރައީސް އެ އާއިލާއާއި އިއްޔެ ބައްދަލުކުރައްވާފައިވަނީ އެމަނިކުފާނު މިހާރު ހދ އަތޮޅުގެ ތިން ރަށަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާގޮތުގައި އިއްޔެ ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައިރިއަށް މޫދަށް އެރި އުޅެނިކޮށް ދިމާވި ހިތާމަވެރި ހާދިސާއެއްގައި ނިޔާވި ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ފިރިހެން ކުއްޖާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
ހދ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިހާރު އެއަތޮޅަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވަނީ ހދ. ނޮޅިވަރަންފަރަށް ވަޑައިގެން، ނިޔާވި ކުއްޖާގެ އާއިލާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ތައުޒިޔާ ދަންނަވާފައި ކަމަގައި ރައީސް އޮފީހުން ހާމަކުރެއެވެ.
މޫދަށްއެރި އުޅެނިކޮށް ގެނބިގެން އިއްޔެ ނިޔާވެފައިވަނީ ހދ. ނޮޅިވަންފަރަށް އުފަން އަހުމަދު ޝިފާން ނަމަކަށް ކިޔާ އުމުރުން ފަސް އަހަރުގެ ކުއްޖެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް