ރޭގެ ވަގުތެއްގައި ލ ފޮނަދުއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެ އެ މައްސަލައިގާ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިސަރު ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ލ ފޮނަދޫއަށް ބަނދަރުކުރި ދޯންޏެއް ބަލާ ފާސްކޮށްފައިވާކަމަށެވެ.
"ބަލާ ފާސްކުރި ކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހި އަޅާފައިހުރި ފިލްމު ހުސްކުރި ދެ ދަޅު ފެނުނު، މި މައްސަލައިގާ ބިދޭސީއަކު ވަނީ ހައްޔަރު ކޮށްފައި" ދުވަހަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
ފުލުހުން އިތުރަށް ބުނީ މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ރޭ 22:45 ހާއިރުގައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް