ގެވެށި ފަރުވާ: އުރަމަތީ ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން

އުރަމަތީ ކެންސަރަކީ އުރަމަތީގެ ޓިޝޫތަކުގައި އުފެދޭ ކެންސަރެކެވެ. އުރަމަތީގެ ކެންސަރުގެ ނިޝާންތަކުގެ ތެރޭގައި އުރަމަތީގައި ގަނޑުލުން، އުރަމަތީގެ ސައިޒަށް ބަދަލު އައުން. އުރަމަތީގައި ބިސް ނެގުން. އުރަމަ...

21 Dec 2017 | 04:57

އުރަމަތީ ކެންސަރަކީ އުރަމަތީގެ ޓިޝޫތަކުގައި އުފެދޭ ކެންސަރެކެވެ. އުރަމަތީގެ ކެންސަރުގެ ނިޝާންތަކުގެ ތެރޭގައި އުރަމަތީގައި ގަނޑުލުން، އުރަމަތީގެ ސައިޒަށް ބަދަލު އައުން. އުރަމަތީގައި ބިސް ނެގުން. އުރަމަތީގެ ވައްގަނޑުން ދިޔާ އެއްޗެހި އައުން އަދި އުރަމަތީގައި ފިތް ނެގުން ހިމެނެ އެވެ.

ރާއްޖެއަށް ބަލާނަމަ އުރަމަތީ ކެންސަރު ޖެހުމުގެ ބިރު އެންމެ ބޮޑީ އަންހެން ކަނބަލުން ކަމުގައިވާއިރު ކެންސަރަށް މަގުފަހިވާ ކަންތައްތަކުގެ ތެރޭގައި ދުޅަހެޔޮ ހަށިގަނޑެއްގައި ދެމި ނުހުރެވުން ކަސްރަތާ ދުރުވުން، ހޯމޯން ތެރަޕީ ހަދާއިރުގައްޔާއި ރޭޑިއޭޝަނަށް ހުށަހެޅުން ހިމެނެ އެވެ. އަދި އާއިލާގައި އުރަމަތީ ކެންސަރު ޖެހިފައިވާ މީހަކު ހުރި ނަމަ އެ ފުރުސަތު އިތުރަށް ބޮޑުވާކަމުގައިވެސް ދިރާސާތަކުން ދައްކާފައި ވެ އެވެ.

އުރަމަތީ ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުރުވުމާއި ދުޅަހެޔޮ ހަށިގަނޑެއްގެ ވެރިއަކަށް ވުމާއި ހެލިފެލި އެކި އެކި ކަންކަމުގައި މަސްއޫލުވެ އުޅުމާއި ގާތުން ކިރު ދިނުމާއި ހޯމޯން ތެރަޕީ ނަގާނަ އޭގެ ޑޯޒޭޖް މަދުކުރުން ހިމެނެ އެވެ. މީގެ އިތުރުން ރޭޑިއޭޝަނުން ރައްކާތެރިވުމާއި ވައި ތަގައްޔަރުވެފައިވާ ސަރަހައްދުތަކަށް ނުދިއުމަކީވެސް އުރަމަތީ ކެންސަރުން ރައްކާތެރި ވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.

ރިފަރެންސް

https://en.wikipedia.org/wiki/Breast_cancer

https://www.mayoclinic.org/healthy-lifestyle/womens-health/in-depth/breast-cancer-prevention/art-20044676

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް