ނޮޅިވަރަމުން ގެއްލުނު އަންހެންމީހާ ފެނިއްޖެ

މޫދަށް ގޮސް އުޅެނިކޮށް ހދ ނޮޅިވަރަމުން ގެއްލުނު އުމުރުން ދުވަސްވީ އަންހެންމީހާ ފެނިއްޖެއް އެވެ. މި އަންހެންމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުން ދަނިކޮށް މިމީހާ ފެނިފައިވަނީ އެ ރަށު ...

21 Dec 2017 | 04:05

މޫދަށް ގޮސް އުޅެނިކޮށް ހދ ނޮޅިވަރަމުން ގެއްލުނު އުމުރުން ދުވަސްވީ އަންހެންމީހާ ފެނިއްޖެއް އެވެ.

މި އަންހެންމީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުން ދަނިކޮށް މިމީހާ ފެނިފައިވަނީ އެ ރަށު ވަލުތެރެއިންނެވެ. ހޭނެތިފައި އޮއްވަ އެވެ.

އިއްޔެ ހެނދުނުން ފެށިގެން މި އަންހެންމީހާ ހޯދަމުން ގޮސްފައިވާއިރު އެމްއެންޑީއެފްގެ ޑައިވަރުން ރޭގެ ވަގުތުތަކުގައިވެސް ވަނީ އެ ރަށުގެ މޫދު ސަރަހައްދުތައް ބަލައިފަ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެންޑީއެފުން ބުނީ އެ އަންހެންމީހާ އެ ރަށު ވަލުތެރެއިން ފެނުނީ މިއަދު ހެނދުނު 0810 ހާއިރު ކަމަށާއި އެ ރަށު ސިއްހީ މަރުކަޒުގައި އެ އަންހެންމީހާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ.

އުމުރުން 41 އަހަރުގެ އަންހެން މީހާ ގެއްލުނުކަން އިއްޔެ ރިޕޯޓް ކޮށްފައި ވަނީ ހެނދުނު 11:40 އެހާކަންހާއިރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް