އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތް ރައީސް ޔާމީން ހުޅުއްވައިދެއްވައިފި

ރ. އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހުޅުއްވައި ދެއްވައިފި އެވެ. ހޮސްޕިޓަލް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ހޮސްޕިޓަލްގެ އާ އިމާރާތުގައި  މި...

21 Dec 2014 | 15:53

ރ. އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ހުޅުއްވައި ދެއްވައިފި އެވެ.

ހޮސްޕިޓަލް ހުޅުއްވައިދެއްވީ މިކަމަށްޓަކައި ހޮސްޕިޓަލްގެ އާ އިމާރާތުގައި  މިހާރު ކުރިއަށްދާ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން އާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް އުނގޫފާރަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ޑިފެންސް މިނިސްޓާ މުހައްމަދު ނާޒިމް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ އިތުރުން ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް (ސަންޓްރެވެލް ޝިޔާމް) ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް