ރޭ ސްޕެނިޝްލަލީގާގައި ބަރސެލޯނާ ކުޅުނު މެޗު އެޓީމުން ފަސޭހަ ކަމާއެކު ކާމިޔާބުކޮށްފިއެވެ.
ކޭމްޕް ނޮއުގައި ބަރސާއިން ކޮރްޑޯބާ ބަލިކޮށްފައިވަނީ 5-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ 2 ވަނަ މިނެޓުގައި ޕެޑްރޯ ރޮޑްރިގޭޒްގެ ގޯލުން ބަރސާވަނީ ލީޑު ނަގާފަައެވެ. މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާއަކުން ނިންމާލި ނަމަވެސް ބަރސާއިންވަނީ މެޗު ޑޮމިނޭތްކޮށް ގިނަ ހަމަަލާތަކެއް އުފައްދާފައެވެ.
ދެވަނަ ހާފް ފެށިގެން މާގިނައިރެއްނުވެ ޝުއަރޭޒްގެ ގޯލާއެކު ބަރސާއިން ލީޑު ފުޅާކުރިއެވެ. މިއީ ޝުއަރޭޒް ލަލީގާގައި ކާމިޔާބުކުރި ފުރަތަމަ ގޯލައެވެ.
މެޗު 2-0 ގެ ނަތީޖާއަކުން ނިމެންދަނިކޮށް 80 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ ޑިފެންޑަރ ޖެރާޑް ޕިކޭއެވެ. އަދި ބަރސާއަށް އިތުރު 2 ގޯލް މެޗުގެ 82 އަދި 90 ވަަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޯ މެސީއެވެ.
މެޗުން މޮޅުވި ނަމަވެސް ބަރސާއޮތީ ލަލީގާ ތާވަލުގެ 2 ވަނައިގައެވެ. ބަރސާއިން ރިއާލްއަށްވުރެ 1 މެޗު އިތުރަށް ކުޅެފައިވާއިރު، ތާވަލުގެ 1 ވަނާގައި ރިއާލް އޮތީ 1 ޕޮއިންްގެ ލީޑެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް