ހީރޯ އިންޑިއަން ސުޕަރލީގުގެ ފައިނަލްމެޗުގައި ކެރެލާ ބަލިކޮށް ކޮލްކަޓާއިން ތަށި އުފުލާލައިފިއެވެ.
މުމްބާއީގެ ޑީވައި ޕަޓިލް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެތްލެޓިކޯ ޑި ކޮލްކަޓާ ވެފައިވަނީ ހީރޯ އިންޑިއަން ސުޕަރލީގުގެ ފުރަތަމަ ޗެމްޕިއަނުން ކަމުގައެވެ.
މެޗުގައި ގިނަވަގުތު ބޯޅަ ޑޮމިނޭޓްކޮށްގެން ކުޅެފައިވަނީ ކެރެލާ ބްލާސްޓަރސްއިންނެވެ. އަދި ކެރެލާއިން މެޗުގައި އުފެއްދި ނުރައްކާތެރި ހަމަލާތަކުގެ ދިފާއުގައި ކޮލްކަޓާގެ ކީޕަރ އެޑެލްގެ ހުނަރުވެރިކަން ފާހަގަކުރެވުނެވެ.
މެޗުގެ ހަމައެކަނި ގޯލް މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ކޮލްކަޓާއަށް ލިބުނު ކޯނަރަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ރަފީގެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނު ރަފީގު މެޗުގައި ކުޅުން ނިކުމެފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.
ހީރޯ އިންޑިއަން ސުޕަރލީގުގެ އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ބްރެޒިލްގެ އެލާނޯ ހޮވުނުއިރު، އެންމެ މޮޅު ކީޕަރުގެ ރަން އަންގީ ލިބިފައިވަނީ ގޯއާ އެފްސީގެ ކީޕަރ ޖޭން ސޭޑާއަށެވެ.
ސުޕަރލީގުގެ ސަޕޯޓަރުންގެ ވޯޓުން އެންމެ މޮޅު ފަސް ކުޅުންތެރިން:
ފިކުރޫ ޓެފަރާ ލަމޭސާ، އެތްލެޓިކޯ ޑި ކޮލްކަޓާ
އެލާނޯ ބްލޫމާ، ޗެންނާއީ އެފްސީ
ލުއިސް ގާސިއާ، އެތްލެޓިކޯ ޑި ކޮލްކަޓާ
އިއާން ހުމޭ، ކެރެލާ ބްލާސްޓަރސް
ގުސްޓާވޯ މަރަމެންޓަނީ ޑޮސް ސެންޓޯސް، ޑެއްލީ ޑައިނަމޯސް
ފުރަތަމަ ހީރޯ އިންޑިއަން ސުޕަރލީގުގެ ފެއަރޕްލޭ ޓީމަަކަށް ހޮވިފައިވަނީ ޑެއްލީ ޑައިނަމޯސްއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް