ފީފާ ކްލަބްވާރލްޑް ކަޕް: ރިއާލް މެޑްރިޑް ތަށި އުފުލާލައިފި

ރޭ ކުޅުނު ފީފާ ކްލަބް ވާރލްޑް ކަޕްގެ ފައިނަލް ކާމިޔާބުކޮށް ރިއާލް މެޑްރިޑުން ތަށި އުފުލާލައިފިއެވެ. މޮރޮކޯގެ މަރަކެޗް ސްޓޭޑިއަމްގައި ސައުތްއެމެރިކާގެ ޗެމްޕިއަން ސެން ލޮރެންޒޯއާއި ދެކޮޅަށް ކުޅުނު ފައިނ...

21 Dec 2014 | 06:04

ރޭ ކުޅުނު ފީފާ ކްލަބް ވާރލްޑް ކަޕްގެ ފައިނަލް ކާމިޔާބުކޮށް ރިއާލް މެޑްރިޑުން ތަށި އުފުލާލައިފިއެވެ.

މޮރޮކޯގެ މަރަކެޗް ސްޓޭޑިއަމްގައި ސައުތްއެމެރިކާގެ ޗެމްޕިއަން ސެން ލޮރެންޒޯއާއި ދެކޮޅަށް ކުޅުނު ފައިނަލް މެޗު ރިއާލްއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ގޯލް ލިބުނު ކޯނަރަކުން މެޗުގެ 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރ ސަރޖިއޯ ރާމޯސްއެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ ގޯލްޑަން ބޯލްވެސް ލިބިފައިވަނީ ރިއާލްގެ ޑިފެންޑަރ ސާރޖިއޯ ރާމޯސްއަށެވެ. ސިލްވަރ ބޯލް ރޮނާލްޑޯއަށް ލިބުނިއިރު، ބްރޯންޒްބޯލް ލިބފައިވަނީ މުބާރާތުގެ 3 ވަނައަށްދިޔަ އޯރކްލޭންޑް ސިޓީގެ ކެޕްޓަން އީވާން ވުސެލިޗަށެވެ.

މެޗުގެ ފުރަތަމަ ހާފް ނިމެންދަނިކޮށް ރިއާލް ލީޑު ފުޅާކޮށްދިނީ ގެރެތް ބޭލްއެވެ. ބޭލްގެ ގޯލައަކީ ސެން ލޮރެންޒޯގެ ކީޕަރަށް ހެދުނު ގޯހަކުން ވަން ގޯލައެކެވެ.

މެޗު ނިމެންދެން ރިއާލްއިން ލީޑު ހިފަހައްޓާފައިވާއިރު، ރިއާލްވަނީ އެންމެފަހުން އެޓީމު ކުޅުނު 22 މެޗުން މޮޅުވެފައެވެ.

މިއީ ރިއާލްއިން ފީފާ ކްލަބް ވާރލްޑް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެކުރިން ރިއާލްވަނީ އިންޓަރނޭޝަނަލް ކަޕް 3 ފަހަރަށް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް