އުމުރުން 16 އަހަރުގެ އަންހެން ދަރިފުޅަށް ގަދަކަމުން ޖިންސާ ގޯނާކުރުމުން ދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އެކުއްޖާގެ ބައްޕަގެ ބަންދަށް މުއްދަތު ދިފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ 43 އަހަރުގެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައއިވާކަމަށެވެ.
އަންހެން ދަރިފުޅަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މިމީހާ ހައްޔަރުކޮށްފައިވަނީ މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އެދުވަހުގެ ރޭ 23:30 ހާއިރު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަހުޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް