ހަދަމުންދިޔަ އިމާރާތަކުން ބިދޭސީއަކު ވެއްޓިއްޖެ

ހެންވޭރުގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ. އެ ބިދޭސީ މީހާ ވެއްޓުނީ ހަދަމުންދިޔަ އިމާރާތެއްގެ އެއްވަނަ ފަންގިފިލާއިންނެވެ. މި ހާދިސ...

21 Nov 2019 | 07:16

ހެންވޭރުގައި ހަދަމުންދިޔަ އިމާރާތަކުން ވެއްޓުނު ބިދޭސީއަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

އެ ބިދޭސީ މީހާ ވެއްޓުނީ ހަދަމުންދިޔަ އިމާރާތެއްގެ އެއްވަނަ ފަންގިފިލާއިންނެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 11:30 ހާއިރުގައެވެ.

ވެއްޓުނު ބިދޭސީ މީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްއިވާއިރު ފުލުހުން އަންނަނީ އެ ބިދޭސީ މީހާ ވެއްޓުނު އިމާރާތް ހުރި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ބިދޭސީގެ ހާލާއިމެދު ފުލުހުން ބުނެފައިވަނީ މި ހާދިސާގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ނޫން ކަމަށް އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށެވެ. އަދި އެމީހާއަކީ އިމިގްރޭޝަން ގާނޫނާ ހިލާފަށް އުޅޭ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް