ދެކުނު އޭޝިޔާގައި 5ޖީ ޑެމޯ ދައްކާލި ފުރަތަމަ ކުންފުނިތަކުގެ ތެރޭގައި ދިރާގު

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ވުމާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ ފަސްވަނަ ޖީލުގެ ޚިދުމަ...

21 Nov 2018 | 11:22

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ އަދި ޑިޖިޓަލް ހިދުމަތް ފޯރުކޮށްދޭ ކުންފުނި ކަމަށްވާ ދިރާގުން ވުމާސަލާތީ ޓެކްނޮލޮޖީގެ ތެރެއިން މޮބައިލް އިންޓަނެޓް ކަނެކްޓިވިޓީގެ ފަސްވަނަ ޖީލުގެ ޚިދުމަތް ކަމަށްވާ  5ޖީގެ ޑެމޯ އެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ދައްކާލައިފިއެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވީ ހާއްސަ ހަފުލާއެއްގައި ވަނީ 5ޖީ ގެ ޑެމޯ އާންމުނާ ހަމައަށް ދައްކާލާފައިއެވެ.

އޭޝިޔާ ބައްރުން ރާއްޖެ ފިޔަވާ ދެން 5ޖީގެ ޑެމޯ ދައްކާފައިވަނީ މެލޭޝިއާ، ސިންގަޕޫރު، ހޮންގްކޮންގް އަދި އިންޑިއާ ފަދަ ގައުމުތަކުގައިއެވެ.

މިއަދުގެ ހަފުލާފައި ވާހަކަ ފުޅުދައްކަވަމުން ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވި ގޮގުތައި ދިރާގުން މަސައްކަތްކުރަމުން ދަނީ އަލަށް ތައާރަފު ކުރާ އައު ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތް ރާއްޖޭގެ މާކެޓަކަށް ގެނެސްދިނުމަށް ކަމަށާއި އަދި ދިވެހި ރާއްޖެއަށާއި ދިވެހި މުޖްތަމައަށް ޑިޖިޓަލް މުވާސަލާތީ ހިދުމަތުގެ ތެރެއިން އިތުރު ފާގަތިކަމާއި ކުރިއެރުން ފޯރުކޮށްދިނުމަށް ދިރާގުން ކެނޑިނޭޅި މަސައްކަތް ކުރަމުންގެންދާ ވާހަކަ ފާހަގަކުރެއްވިއެވެ.

5ޖީ ހިދުމަތް ތަޢާރަފު ވުމުން ރާއްޖެއަށް ލިބޭނެ ކުރިއެރުމާއި ފައިދާތައް:-

5ޖީ ކަނެކްޓިވިޓީ އާދަޔާޚިލާފަށް ހަލުވިވާނެއެވެ. އެގޮތުން މިޚިދުމަތަކީ މިހާރުގެ 4ޖީ ހިދުމަތުގެ ޑައުންލޯޑް ކުރެވޭ ސްޕީޑަށްވުރެ ދިހައެއް ނުވަތަ ވިހިގުނަ އަވަހަށް ޑައުންލޯޑްކުރުމުގެ ގާބިލުކަން ހުންނާނެ ހިދުމަތެކެވެ. އެހެން ކަމުން ރިމޯޓް ސާޖަރީ އަދި އޮޓޮމޭޓެޑް ދަތުރުފަތުރު ކުރުމުގެ ސިސްޓަމްޓަކުން ރިއަލްޓައިމް ނުވަތަ އަސްލު ވަގުތާ އެއްފަދަ ތަޖުރިބާއެއް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި މިހާރަށްވުރެ އަވަހަށް ޑައުންލޯޑް އަދި އަޕްލޯޑް ސްޕީޑު އަވަސްވާނެއެވެ. އަދި ގުދުރަތީ ކާރިސާތައް ދިމާވާ ހާލަތްތަކުގައި ވުމާސަލާތީ ގުޅުން ދެމެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ. އަދި ހަމައެއާއެކު 5ޖީ ނެޓްވޯކް ގާއިމު ވުމާއި އެކު މުޅިން އައު ޑިޖިޓަލް ހިދުމަތައްތަކަށް މަގު ފަހިވެގެން ދާނެއެވެ.

5ޖީ ފޯނާއި އަދި ޑިވައިސްތައް އަދި މާކެޓްގައި ލިބޭކަށްނެތެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ޓެކް ކުންފިނިތަކުން މިހާރު ދަނީ އެފަދަ ޑިވައިސްތައް އުފެއްދުމުގެ މަސައްކަތް ފަށާ އަދި ޓެސްޓް ކުރަން ފަށާފައިއެވެ.

ދިރާގުން މުސްތަގުބަލަށް ތައްޔާރު ކޮށްދިނުމަށް ވެވައިފާ ވައުދު:-

ހަމަ ކޮންމެ ދުވަހަކުމެ ދުނިޔެ މިދަނީ ޑިޖިޓަލް ވަމުންނެވެ. ދުނިޔެއަށް ޓެކްނޮލޮޖީގެ ގޮތުން އަންނަ ބަދަލުތަކާއި އެއްވަރަށް އަޅުގަނޑުމެންގެ ޖަޒީރާ ރާއްޖެވެސް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާއި އެއްސަފެއްގައި ޓެކްނޮލޮޖީގެ ދާއިރާގައި ފައިތިލަ ސާބިތުކުރާތަން ފެނުމަކީ ދިވެހިންގެ އުންމީދެވެ.

ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަންގެ މަގު ކޮށައިދިނީ ދިރާގުންނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ޒަމާނަށް އަންނަމުން އައި ބަދަލާއި އެކު ކުންފުނިން ކަސްޓަމަރުންނަށް ދެމުން އައި ހިދުމަތްތައްވެސް ދިޔައީ ޒަމާނާއި އެއްގޮތަށް ފަރުމާވެވިގެންނެވެ. އެގޮތުން މިއަދުގެ 5ޖީ ޑެމޯ އަކީވެސް މިކަމުގެ ހެއްކެކެވެ.

ދުވަހަކަށް ވުރެ ދުވެހެއް ޓެކްނޮލޮޖީ އަންނަނީ ދިވެހިންގެ އިޖްތިމާއި އަދި އިގްތިސާދީ ހަޔާތުގައި މުހިއްމު ދައުރެއް އަދާކުރަމުންނެވެ. މުއާސަލާތު، ވިޔަފާރި، މުނިފޫހި ފިލުވުން އަދި ތައުލީމަކީ ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް އީކޯސިސްޓަމްގެ މައްޗަށް ބިނާވެފައިވާ ބައެއް ދާއިރާތަކެވެ.  ދިރާގުގެ މަޤްސަދަކީ ކަސްޓަމަރުން ބާރުވެރިކޮށް މި ޑިޖިޓަލް މުސްތަޤްބަލުގެ ބޭނުން އެންމެ ފުރިހަމައަށް ފޯރުކޮށްދީ، ގުޅުން ބަދަހިކުރުމާއި، ބާރުވެރިކުރުމާއި އިނޮވޭޓްކުރުމަށް ހިތްވަރުދިނުމެވެ.

ޒަމާނީ ވިސްނުމާއި، އުޖާލާ މުސްތަޤްބަލު ރަމްޒުކޮށްދޭ ގޮތަށް ދިރާގުން މިދިޔަ އަހަރުވަނީ "ޓޭކް އޮން ޓުމޯރޯ" ނުވަތަ "މުސްތަޤްބަލަށް ފުރިހަމައަށް ތައްޔާރު" މި ޝިޔާރު ހިޔާރުކޮށް، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު ދިރިއުޅުމަށް އަންނަ ކުރިއެރުންތަކަށް ދިރާގު ތައްޔާރަށް އޮތްކަން ދޭހަކޮށްދީފައިއެވެ.

މީގެ ހެއްކަކަށް ވެގެން ދިޔައީ މި ވެތުވެދިޔަ ދޮޅުއަހަރެއްހާ ދުވަހުގެ ތެރޭގައި ޑިޖިޓަލް ހިދުމަތްތަކަށް ގެނައި އިންގިލާބީ ބަދަލުތަކުންނެވެ. އެގޮތުން ދިރާގުން މިދިޔަ އަހަރު ތައާރަފު ކުރި ދިރާގު ޓީވީ، ދިރާގު ޕޭ، މުޅިން އައު ޑީއައިވައި ޕްރީޕެއިޑް ޕްލޭނެއް ކަމަށްވާ މަމެން، ދިރާގު އައު ޕޯސްޓްޕެއިޑް އަދި ދިރާގު ހައިސްޕީޑް ފައިބަރ އިންޓަނެޓް މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިރުތުން 41 ރަށެއްގައި ގާއިމު ކޮށްދީ އާބަދީގެ %70 އަށް މި ހިދުމަތް ފޯރުކޮށްދީފައިއެވެ.

ދިރާގުގެ 30 އަހަރުގެ ހަޔާތުގައި ވަނީ ރާއްޖޭގެ މުވާސަލަތީ ސިނާއަތަށް ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެނެސްދީފައިއިއެވެ. ރާއްޖެ ފަދަ އާބާދީ ކުޑަ ޖަޒީރާ ގައުމަކަށް މުވާސަލާތީ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކާއެކު ވެސް ދިރާގުން ވަނީ އާބާދީ ބޮޑެތި ރަށްރަށުން ފެށިގެން އާބާދީ ކުޑަ ރަށްތަކަށް ވެސް މުވާސަލާތުގެ އަސާސީ އޮނިގަނޑު ގާއިމުކޮށްފަ އެވެ.

ދިރާގަކީ ހަލުވި ދުވެއްޔެއްގައި ބަދަލުވަމުން އަންނަ ޓެކްނޮލޖީއާއި ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލުތަކާ އެއްބާރުމިނެއްގައި ކުރިއަރަމުން އަންނަ ކުންފުންޏެކެވެ. އަދި ދިރާގަކީ އަބަދުވެސް ކަސްޓަމަރުންނަށް އަޅާލައި، އިތުބާރުހިފޭ، ފެންވަރު ރަނގަޅު،  ފަސޭހަ އަދި މުސްތަޤްބަލާ ރައްޓެހި ހިދުމަތެއް ފޯރުކޮށްދިނުމުގައި އަބަދުވެސް ދެމިއޮންނާނެ ކުންފުންޏެއް ކަމުގައި އެ ކުންފުނިން ހާމަކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް