ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓާއި ތަހުގީގުތަކާއި ބެހޭ ޑިޕާޓްމަންޓްގެ އެންމެ އިސް ވެރިން އެ މަގާމުތަކުން އިއްޔެ އިން ފެށިގެން ދުރުކޮށްފި އެވެ.
އިއްޔެއާ ހަމައަށް ފުލުހުންގެ ޑައިރެކްޓަރޭޓް އޮފް އިންޓެލިޖެންސްގެ ވެރިޔާގެ ގޮތުގައި ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ޖަމްޝީދް އަދި ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ވެރިޔާގެ މަގާމުގައި އިއްޔެއާ ހަމައަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު (ޓޫފޯ) މަގާމުން ވަކިކޮށްފިއެވެ.
ޖަމްޝީދު އެ މަގާމުން ދުރު ކުރުމަށް ފަހު، އެ މަގާމާ މިހާރު ހަވާލުވެވަޑައިގެންފައިވަނީ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ހޯމަ ދުވަހު އައްޔަން ކުރި، އަބްދުލް މަންނާން ޔޫސުފެވެ. އަހްމަދު މުހައްމަދުގެ މަގާމާއި ހަވާލުވެ ހުންނެވީ، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް