ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އޭމަނިކުފާނުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހަޅުއްވާފައިވާކަމުގައި އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވިދާޅުވެއްޖެއެވެ.
ޒިޔަތު މިހެން ވިދާޅުވީ ބަޖެޓު ދިރާސާކުރާ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން މާލީ ބަޔާން ހުށަހަޅުއްވާފައިވާއިރު އޮޑިޓަރ ޖެނެރަލް އޭސީސީއަށް ކުރިން ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ 2013 ގެ ފަހުން ރައީސް ޔާމީންގެ މާލީ ބަޔާން ލިބިފައިނުވާކަމަށެވެ.
އެ މައްސަލައިގާ ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެފައިވަނީ ރިޔާސީ ދައުރު ނިމުމުގެ ކުރިން މާލީ ބަޔާން ހުށަހެޅުމުގެ ފުރުސަތު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރައީސް ޔާމީނަށް ދެއްވާފައިވާކަމަށެވެ. ނަމަވެސް އޮޑިޓަރ ޖެނެރަލް އޭރު އެކަން ދޮގު ކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް