ސައޫދީ އަރަބިއްޔާގައި ބޭއްވި ކަނބަލުންގެ ކިކް ބޮކްސިން މުބާރާތެއްގައި ޖިއްދާގެ އެކި ސަރަހައްދުތަކުން 40 އަށްވުރެ ގިނަ ކަނބަލުން ބައިވެރިވެއްޖެއެވެ.
މި މުބާރާތަކީ ޖިއްދާގެ ދަ ލެޖަންޑަރީ ހީރޯސް ކުލަބުގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މުބާރާތެކެވެ.
ސައޫދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސްޕޯޓްސްގެ އެއްބާރުލުމާއެކު ތޯލެފާ ނަމަކަށް ކިޔާ ޖަމިއްޔާއަކުން އިންތިޒާމް ކުރި މި މުބާރާތަކީ ސައޫދީގައި މިފަދަ މުބާރާތްތަކާއި ކުޅިވަރުތައް އާލާ ކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މުބާރާތެއް ކަމުގައި މި މުބާރާތް އިންތިޒާމް ކުރި ފަރާތުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް