ޖޫނިއަރ ރެފްރީޒް ޕްރޮގްރާމްގެ ފުރަތަމަ ބުރު ނިންމައި ހަނދާނީ ލިޔުން ހަވާލުކޮށްފި

ރެފްރީޒް ޑިވޮލަޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީގެ ޖޫނިއަރ ރެފްރީޒް ޕްރޮގްރާމްގެ ފުތަރަމަ ބުރު ނިންމައި ފާސްވިކުދިންނަށް ހަނދާލީ ލިއުން ދީފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ކޯޗް...

21 Nov 2018 | 06:24

ރެފްރީޒް ޑިވޮލަޕްމަންޓް ކޯޕަރޭޓިވް ސޮސައިޓީގެ ޖޫނިއަރ ރެފްރީޒް ޕްރޮގްރާމްގެ ފުތަރަމަ ބުރު ނިންމައި ފާސްވިކުދިންނަށް ހަނދާލީ ލިއުން ދީފިއެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ކޯޗް އަލީ ސުޒޭން އެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސުޒޭން ވިދާޅުވީ، ޖޫނިއަރ ރެފްރީން ތަމްރީން ކުރުމުގެ މި ޕްރޮގްރާމަކީ ދިވެހި ފުޓްބޯޅައަށް ވަރަށްވެސް މުހިންމު އަދި އެހާމެ ބޭނުންތެރި ކަމެއް ކަމަށާއި، މިއީ ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. މީގެ ސަބަބުން ދިވެހި ފުޓްބޯޅައިގައި ދިވެހި ރެފްރީން ލިބުމުގައި މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސުޒޭން ވިދާޅުވީ މި ޕްރޮގްރާމްގައި ދިވެހި އަންހެން ކުދިންތަކެއް ރެފްރީ ކަމުގެ ސަނަދު ހާސިލް ކުރުމަކީ ދިވެހި ފުޓްބޯޅައަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއް ކަމަށާއި، ހާއްސަކޮށް ދިވެހި އަންހެން ޓީމު ފުޓްބޯޅައިގައި ދުނިޔޭގެ ފެންވަރުގައި ވާދަކުރަމުންދާއިރު، މިފަދަ އަންހެން ރެފްރީން ތިބުމަކީ މުހިންމު ކަމެއްކަމަށެވެ.

މި ރަސްމިއްޔާތުގައި ޖޫނިއަރ ރެފްރީޒް ޕްރޮގްރާމްގެ ފުތަރަމަ ބުރު ނިންމައި ވަނަވަނަ އަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓާއި ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހްމާން އަލީ ސުޒޭން އެވެ.

ވަނަވަނަ އަށް ހޮވިފައިވާ ދަރިވަނުންނަކީ ފިރިހެން ކުދިންގެ ބައިން އެއް ވަނަ މުހައްމަދު ހަނޫން ރަޝީދު، ދެވަނަ އަހްމަދު ހުމާމް އަދި ވަނަ އަހްމަދު އަލްޔަން އަނީލް އަދި އަހްމަދު ޝައީމް އެވެ. އަންހެން ކުދިންގެ ބައިން، އެއްވަނަ މަރިޔަމް ޝާނީ ރަޝީދު، ދެވަނަ އަމަތުﷲ ބިންތި އިބްރާހީމް އަދި ތިން ވަނަ ހައްވާ މައިޝާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް