ރައީސް އިބްރާޙީމް މުހައްމަދު ސާލިޙްގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ ތެރެއިން ވަކި ބަޔަކަށް އަމާޒުކޮށް ފާޑުކިޔަނީ ކޯލީޝަން ބައިބައި ކުރުމަށް ކަމުގައި، ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މިހާރު ރާއްޖެ އެމްވީގައި ފަށާފައިވަނީ ރައީސް ސާލިޙްގެ ވެރިކަން ބަލިކަށި ކުރުމަށް ބަޔަކު ކުރާ ޒިންމާދާރުކަން ކުޑަ އަމަލުތައް ޕްރޮމޯޓް ކުރުން ކަމުގައި ޑރ. ޖަމީލް ސިފަކުރައްވާފައިވެއެވެ.
ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި މިހާރު ހުންނެވި ޑރ. ޖަމީލް ކުރެއްވި ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ބައެއް ވަޒީރުންނާއިމެދު ފާޑުކިޔާއިރު ދެން ތިބި ފަރާތްތަކާއިމެދު ކިޔާނެ އެއްޗެއް ނެތީތޯ ޑރ. ޖަމީލް ސުވާލު އުފައްދަވާފައިވެއެވެ.
https://twitter.com/MJameelAhmed/status/1065048737171496960
މި މޭރުމުން ޑރ. ޖަމީލް ޓްވީޓް ކުރައްވާފައިވާއިރު ރައީސް ސާލިޙްގެ ކެބިނެޓްގައި ހިމަނުއްވާފައިވާ ބައެއް ވަޒީރުންނަށް ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ. އެ ފާޑުކިޔުންތައް އެންމެ ބޮޑަށް އަމާޒުވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙީމްގެ ފަރާތްޕުޅުން ވަޒީރުންގެ މަޖިލީހަށް ވަޑައިގެންނެވި ބޭފުޅުންނަށެވެ. އޭގެ ތެރޭގައި ގާސިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ހިމެނިވަޑައިގަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް