ބަންގްލަދޭޝް ސަފީރު، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް ޒިޔާރަތް ކުރައްވައިފި

ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އަރިހަށް އިޙްތިރާމުގެ ޒިޔ...

21 Nov 2017 | 14:16

ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ހާމަކުރައްވާފައިވާގޮތުގައި ބަންޑާރަކޮށީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ދިވެހި އަސްކަރިއްޔާއަށް ތަމްރީނާއި އުނގެނުމުގެ ފުރުޞަތު ތަނަވަސްކުރެއްވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްޤީއަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވާފައި ކަމުގައިވެސް އެމްއެންޑީއެފުން ހާމަކުރައްވަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް