ތިމަރަފުށީ ގެއެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ތ ތިމަރަފުށީ ގެއެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ. އަލިފާން ރޯވެފައިވަނީ އެ ރަށު ރޯޒްމީޑް ނަމަކަށް ކިޔާ ގެއެއްގަ އެވެ. މި ހާދިސާގަ...

21 Nov 2017 | 10:49

ތ ތިމަރަފުށީ ގެއެއްގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި އެވެ.

އަލިފާން ރޯވެފައިވަނީ އެ ރަށު ރޯޒްމީޑް ނަމަކަށް ކިޔާ ގެއެއްގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ،

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ކުރި މަސައްކަތުން މި އަލިފާންގަނޑު މިހާރު މަތަކޮށްފައިވާއިރު ސިފައިން  ބުނީ މި ހާދިސާގެ މައުލޫމާތު ސިފައިންނަށް ލިބުނީ މިއަދު މެންދުރު 01:39ގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް