ލ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިން އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ލ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުނާއި ބެލެނިވެރިންނަށް އެއްގަމު ދަތުރު ފަތުރުގެ ...

21 Nov 2015 | 16:54

މަގުމަތީގެ ސަލާމަތާއި ރައްކާތެރި ކަމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ދަށުން ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ފަރާތުން ލ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުނާއި ބެލެނިވެރިންނަށް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނަށް އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި އެވެ.

ފުލުހުން ހާމަކުރާ ގޮތުގައި ބެލެނިވެރިންނާއި ދަރިވަރުންނަށް ވަކި ވަކިން މަޢުލޫމާތު ދެވޭ ގޮތަށް ކުރިއަށްދިޔަ މި ޕްރޮގްރާމު އޮތީ ލ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. އެގޮތުން ނޮވެމްބަރ 18 ވަނަ ދުވަހު ލ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 4 ން ފެށިގެން ގްރޭޑް 07 އާއި ދެމެދުގެ ދަރިވަރުންގެ ބެލެނިވެރިންނަށް ވަނީ މަގުތަކަކީ އެންމެންނަށް އަމާން ތަނަކަށް ހެދުމަށްޓަކައި ބެލެނިވެރިންނަށް ކުރެވިދާނެ ކަންތައްތަކުގެ މައުލޫމާތު ދީފައި ވެ އެވެ. އަދި މި ޕްރޮގްރާމްގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނުގައި މަނާ ކުރެވިފައިވާ ކަންތައްތަކާއި މިފަދަ ކަންތައް ކުރުމުން އަޅާ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތު ވަނީ ދީފައެވެ.

"ނޮވެމްބަރ 19 ވަނަ ދުވަހު ބޭއްވި ސެޝަންގައި ލ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 07 އިން މަތީގެ ހުރިހާ ދަރިވަރުން އަދި ބެލެނިވެރިން ބައިވެރިވެފައިވޭ، މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގައި މަނާ ކުރެވިފައިވާ ކުށަކަށް އަރައިގެންފި ނަމަ އެކަމުގެ އަދަބުތަކަށް އަލިއަޅުވާލައި ވަނީ މަޢުލޫމާތު ދީފައި، މީގެ އިތުރުން ވޭތުވެދިޔަ 02 އަހަރުތެރޭގައި ލ.އަތޮޅުގައި ހިނގާފައި ހިނގާފައި ހުރި އެކްސިޑެންޓުތަކުގެ ތަފާސްހިސާބުތައް ކިޔައިދީ އެކްސިޑެންޓެއް ހިގައިފި ނަމަ އަމަލުކުރަންވީ ގޮތް ވަނީ ކިޔައިދީފައި" ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ހާމަކުރާ ގޮތުގައި މި ޕްރޮގްރާމުގައި މަޢުލޫމާތު ދީފައި ވަނީ ލ.ފޮނަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް