އައްޑޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި މީހަކަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުްނ އެބަ ދެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ 7:10 ހާއިރު އެކްސިޑެންޓް ހިނގާފައިވަނީ ހިތަދޫ ބޮޑުމަގުގައި ހުންނަ އާގަލާ މާޓް ކައިރިން ކަމަށާއި އެކްސިޑެންޓް ހިނގީ ދުއްވާފައި ދިޔަ ސައިކަލެއް ހިނގާފައިދިޔަ މީހެއްގެ ގައިގާ ޖެހިގެން ކަމަށެވެ.
ހިނގާފައި ދިޔަ މީހާއަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ލިބުނު ކަމަށާއި އޭނާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައި ވާކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް