އެމްއެންޑީއެފުން ފުވައްމުލަކުގައި ބޭއްވި ފޮޓޯ މައުރަޒު ނިންމާލައިފި

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ޏ.ފުވައްމުލަކުގައި ބޭއްވި އެމްއެންޑީއެފްގެ 16 ވަނަ ފޮޓޯ މަޢުރަޒު، މިއަދު ހަވީރު 18:00 ގައި ނިންމާލައިފިއެވެ. އެމްއެންޑީއެފުން ހ...

21 Nov 2015 | 14:49

މިއަހަރުގެ ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ޏ.ފުވައްމުލަކުގައި ބޭއްވި އެމްއެންޑީއެފްގެ 16 ވަނަ ފޮޓޯ މަޢުރަޒު، މިއަދު ހަވީރު 18:00 ގައި ނިންމާލައިފިއެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވުނު މި ފޮޓޯ މަޢުރަޒު އިއްޔެ ހުޅުއްވައިދެއްވާ ނަޞްރު ދުވަހާއި ގުޅިގެން އެމްއެންޑީއެފުން ޝާއިޢު ކުރި އައްޑަނަ މަޖައްލާގެ 18 ވަނަ އަދަދު ނެރެދެއްވީ ކުރީގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އަޙުމަދު މުޙައްމަދެވެ.

އެމްއެންޑީއެފުން އިތުރަށް ހާމަކުރާ ގޮތުގައި މި މަޢުރަޒާއި ގުޅިގެން ޢާއިލީ ހަވީރެއް ހުކުރު ދުވަހާއި ހޮނިހިރު ދުވަހުގެ ހަވީރު 4:30 ގައި ޏ.ފުވައްމުލަކުގެ ތަޢުލީމީ މަރުކަޒުގައި ވަނީ ބާއްވާފަ އެވެ. އަދި މި ޢާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތައް ހިމަނާފައި ވާ ކަމަށާއި މި ފޮޓޯ މަޢުރަޒަށާއި އާއިލީ ހަވީރަށް ޏ.ފުވައްމުލަކުގެ ގިނައަދަދެއްގެ އާންމު ރައްޔިތުންނާއި ކުޑަކުދިން ޒިޔާރަތްކޮށް ވަރަށްބޮޑު ތަރުހީބެއް ވަނީ ލިބިފައި ވާކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް