އިންޑިއާ އަސްކަރިއްޔާއިން ޖިމް އިކުއިޕްމަންޓްތަކެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި

އިންޑިއާ އަސްކަރިއްޔާއިން ޖިމް އިކުއިޕްމަންޓްތަކެއް އެމްއެންޑީއެފަށް ހަދިޔާކޮށްފިއެވެ. މި އިކުއިޕްމަންޓްތައް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ހަވާލުކުރުމަށް މިއަދު މެންދުރު "އިންޑިއަން ނޭވީ ޝިޕް ...

21 Nov 2015 | 14:39

އިންޑިއާ އަސްކަރިއްޔާއިން ޖިމް އިކުއިޕްމަންޓްތަކެއް އެމްއެންޑީއެފަށް ހަދިޔާކޮށްފިއެވެ.

މި އިކުއިޕްމަންޓްތައް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި ހަވާލުކުރުމަށް މިއަދު މެންދުރު "އިންޑިއަން ނޭވީ ޝިޕް ޝަރުދުލް" ގައި ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މިރަސްމިއްޔާތުގައި މިތަކެތި އެމްއެންޑީއެފާއި ހަވާލުކޮށްދެއްވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑުއަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ މިސްޓަރ ރަޖީވް ޝަހަރޭއެވެ. އެމްއެންޑީއެފްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެލެއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަޙުމަދު ޝާހިދެވެ.

މިރަސްމިއްޔާތުގައި ޝުކުރު އަދާކުރެއްވުމުގެ ގޮތުން ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު ޝާހިދު ވަނީ ވާހަކަފުޅު ދައްކަވާފައި ކަމަށާއި މިރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެމްއެންޑީއެފްގެ ސީނިއަރ ބައެއް އޮފިސަރުންނާއި އިންޑިއަން ނޭވިޝިޕްގެ ކޮމާންޑަރ މަނާވް ވަދޭރާ އާއި އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންވާ ޑިފެންސް އެޓާޗޭ ކެޕްޓަން ސުނިލް ބައިވެރިވެ ވަޑައިގެންނެވި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް