އައިއެސް ޖަމާއަތުން ޝިޔައީ ކުޑަކުދިންނަށް އަމާޒުކޮށް ކުޅޭ ބުދުގައި ބޮން ހަރުކޮށްފައި ހުއްޓާ ފެނިއްޖެ!

އިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތުން ޝިޔައީ ކުޑަކުދިންނަށް އަމާޒުކޮށް ކުޅޭ  18 ބުދުގައި ބޮން ހަރުކޮށްފައި ހުއްޓާ  އިރާޤް ސިފައިން ހޯދައިފި އެވެ. މި ބޮންތަށް ހޯދާފައިވަނީ އ...

21 Nov 2015 | 14:34

އިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވަމުން އަންނަ އައިއެސް ޖަމާއަތުން ޝިޔައީ ކުޑަކުދިންނަށް އަމާޒުކޮށް ކުޅޭ  18 ބުދުގައި ބޮން ހަރުކޮށްފައި ހުއްޓާ  އިރާޤް ސިފައިން ހޯދައިފި އެވެ.

މި ބޮންތަށް ހޯދާފައިވަނީ އިރާޤުގެ ވެރިރަށް ބަޤުދާދުގެ އުތުރުގެ ހިސާބުގައި އޮންނަ ހުސައިނިއްޔާ ކިޔާ އަވަށަކުން   ކަމަށް ކުވައިތު ނޫސް އެޖެންސީއިން ބުނެ އެވެ.

މި ބޮން ތަކުގެ ބޭނުމަކީ ބަޤުދާދާއި ކަރްބަލާއާއި ދެމެދު  އޮންނަ މަގުގައި ކުރިއަށްދާ ޝިޔައީން ގެ ދީނީ ހިނގާލުމުގެ ތެރޭގައި މަގުގެ އެކި ދިމަދިމާއަށް ކުދިންގެ އަތަށް ދީފައި ފޮނުވާލުމަށްފަހު ގޮއްވާލައި ގިނަ އަދަދެއްގެ މީހުން އެއްފަހަރާ މަރާލުން ކަމަށް އާރު ޓީ ނޫހުން ބުނެ އެވެ.

ޝިޔައީން ބަޤުދާދާއި ކަރްބަލާއާއި ދެމެގު ހިނގާ ހިނގާލުމަކީ ކީރިތި މާތް ރަސޫލާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމްގެ ކާފަ ދަރިކަލުން ހަސަންގެފާނު  ޝަހީދު ކޮށްލުމާއި ގުޅިގެން ހިތާމަ ފާޅު ކުރުމުގެ ގޮތުން ހިނގާ ހިނގާލުމެކެވެ.

މި ހިނގާލުމަށް   2014 ވަނަ އަހަރު 17.5 މިލިއަން މީހުން އައިކަމަށް އާރުޓީ ނޫހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް