ހާމިދު ސޭޓުގެ ބަންދަށް 15 ދުވަސް ޖަހައިފި

މަނީ ލޯންޑެރިން މައްސަލައިގާ އިއްޔެ ހައްޔަރުކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓު)ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ. ކުރިން ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލުމުން ދޫނިދޫން މާ...

21 Nov 2015 | 14:26

މަނީ ލޯންޑެރިން މައްސަލައިގާ އިއްޔެ ހައްޔަރުކުރި ހާމިދު އިސްމާއީލް (ހާމިދު ސޭޓު)ގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިފި އެވެ.

ކުރިން ހައްޔަރުކޮށްފައި ބެހެއްޓުމަށްފަހު ދޫކޮށްލުމުން ދޫނިދޫން މާލެ އައިތަނުން ހާމިދު ސޭޓު އަލުން ހައްޔަރުކުރީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. މީގެ ކުރިން ހާމިދު ސޭޓު ހައްޔަރުކޮށްފައި ބެހެއްޓީ ވައިބާ މެދުވެރިކޮށް ރައީސް ޔާމީނަށް މަރުގެ އިންޒާރު ދިން މައްސަލައިގަ އެވެ. އެ މައްސަލައިގާ 20 ދުވަސް ވަންދެން ބަންދުގައި ބެހެއްޓި އެވެ.

ހާމިދު ސޭޓުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތު ތަކުގެ ތެރޭގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓް ތަރައްގީ ކުރަން ވިއްކި ބައެއް ރަށްރަށުން ލިބުނު ފައިސާއަށް ހިޔާނާތްތެރިވުމުގައި ބައިވެރިވުމާއި އެ މައްސަލައާއި ގުޅުންހުރި މަނީ ލޯންޑެރިންގެ މައްސަލައެއްގެ ތުހުމަތު ހިމެނެ އެވެ.

ފުލުހުން ބުނެފައި ވަނީ އެމްއެމްޕީއާރުސީން ދޫކުރި ރަށްތަކުގެ ތެރެއިން ރަށެއްގެ ފައިސާ ހާމިދުގެ މަސްލަހަތު އޮންނަ ކުންފުންޏެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް