ގައުމީ ވޮލީބޯޅަ ލީގު ފަށައިފި ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބާއްވާ ގައުމީ ވޮލީބޯޅަ ލީގު ފަށައިފި އެވެ.
އިއްޔެ ފެށުނު މިމުބާރާތުގައި އިއްޔެ ދެ މެޗު ކުޅުނުއިރު، އެމެޗުތަކުން މޮޅުވެފައިވަނީ މޯލްޑިވިއަން ރެކްރިއޭޝަން ކްލަބާއި ދިވެހި ސިފައިންގެ ކްލަބެވެ.
ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ސްޕޯޓްސް ކްލަބު ސިޓީ އަތުން މޯލްޑިވިއަން މޮޅުވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް މޯލްޑިވިއަންއިން ގެންދިޔައީ 25-11، 25-23 އަދި 25-18 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މޯލްޑިވިއަންގެ އޮމިޑް ނާޒިމް ގުލް އެވެ.
މިމުބާރާތުގައި ރޭ ކުޅުނު މެޗުގައި ގުޑީސް ސްޕޯޓްސް ކްލަބު އަތުން ޑީއެސްސީ މޮޅުވީ ސީދާ ތިން ސެޓުންނެވެ. މިމެޗުގެ ސެޓްތައް ޑީއެސްސީން ގެންދިޔައީ 25-21، 25-22 އަދި 25-20 އިންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޑީއެސްސީގެ އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ.
ގައުމީ ވޮލީބޯޅަ ލީގުގައި ޖުމްލަ ފަސް ޓީމެއް ވާދަކުރާއިރު، ދެން މިމުބާރާތުގައި ވާދަކުރަނީ ޕޮލިސް ކްލަބެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް