ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލުގެ ޖާގަތައް ޝަރީފްއާއި ދުންޔާޒް ހޯދައިފި

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލަށް ޖާގަތައް މުހައްމަދު ޝަރީފް އާއި ދުންޔާޒް މުހައްމަދު ހޯދައިފި އެވެ. އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށްފައިވަނީ ޝަ...

21 Nov 2015 | 09:02

ގައުމީ 10 ބޯލް ބިލިއާޑް މުބާރާތުގެ ފައިނަލަށް ޖާގަތައް މުހައްމަދު ޝަރީފް އާއި ދުންޔާޒް މުހައްމަދު ހޯދައިފި އެވެ.

އެމްޕީބީއޭ ކްލަބު ހައުސްގައި ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗުތައް ކާމިޔާބުކޮށްފައިވަނީ ޝަރީފްއާއި ދުންޔާޒް އެވެ.

ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ރާއްޖޭގެ އެއްވަނަ ބިލިއާޑް ކުޅުންތެރިޔާ މުހައްމަދު ޝަރީފްއާއި ދެވަނަ ބިލިއާޑް ކުޅުންތެރިޔާ ހުސައިން ފަޔާޒް އެވެ. މިމެޗު 4-7 ފްރޭމްއިން ކާމިޔާނުކުރީ މުހައްމަދު ޝަރީފް އެވެ.

ރޭ ކުޅުނު ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ސެމީގެ ފުރަތަމަ މެޗުން ބަލިވި ހުސައިން ފަޔާޒްއާއި ދުންޔާޒް މުހައްމަދު އެވެ. މިމެޗު 5-7 ފްރޭމްއިން ކާމިޔާބުކުރީ ދުންޔާޒް އެވެ.

މިމުބާރާތުގެ ފައިނަލުގައި މުހައްމަދު ޝަރީފްއާއި ދުންޔާޒް މުހައްމަދު ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 8:00 ގައެވެ. އެމެޗަށްފަހު ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ހަވާލުކުރުމަށް ހަމަޖެހިފައިވެއެވެ.

މިމުބާރާތުގައި ޖުމްލަ 32 ކުޅުންތެރިން ވާދަކުރެ އެވެ. އެމްޕީބީއޭ ރޭންކިންގްގެ ގަދަ 16 ގައި ހިމެނޭ ކުޅުންތެރިންނަށް އޮޓޮމެޓިކް ޖާގައެއް ދީފައިވާއިރު، އަނެއް 16 ކުޅުންތެރިން ހޮވާފައިވަނީ ކޮލިފައިން ބުރުންނެވެ. މިމުބާރާތް ކުރިއަށްދަނީ ޑަބަލް އެލިމިނޭޝަން އުސޫލުންނެވެ.

މިމަހުގެ 11 އިން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ޗެމްޕިއަން ހޯދާ ކުޅުންތެރިޔާއަށް 7000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. ރަނަރަޕް ކުޅުންތެރިޔާއަށް 3000 ރުފިިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ތިންވަނައަށް ހޮވޭ ކުޅުންތެރިޔާއަށް 2000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. އޭގެ އިތުރުން ވެސް ވަނަވަނައަށް ހޮވޭ ކުޅުންތެރިންނަށް އިނާމުތަކެއް ހުށަހަޅާގޮތަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް