މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ލ.ކައްދޫ އެއަރޕޯޓްގެ ބެގޭޖް ސްކްރީނިންގ މެޝިންގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މިއަދު މެންދުރު ލ.ކައްދޫ އެއަރޕޯޓްގައި ބެގޭޖް ސްކްރީނިންގ މެޝިން އިފްތިތާޙް ކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރެވެ.
ބެގޭޖް ސްކްރީނިންގެ ޚިދުމަތަކީ ރާއްޖޭގެ ސަރަހައްދީ ވައިގެ ބަނދަރުތަކުގެ ސަލަމާތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމުގެ ސިޔާސަތުގެ ދަށުން އަޅަމުންދާ ހަރުދަނާ ފިޔަވަޅެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން އިތުރަށް ހާމަކުރާ ގޮތުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުޙައިރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމާއި ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރަރިޒަމްގެ ޑައިރެކްޓަރ ޖެނެރަލް އަދި އޭވިއޭޝަން ކޮމާންޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ އިތުރުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ކޮމާންޑަރ ކާނަލް ހާމިދު ޝަފީޤާއި ސެންޓްރަލް އޭރިއާގައި މަސައްކަތް ކުރައްވާ އޮފިސަރުންނާއި ލ.ކައްދޫގައި އެއަރޕޯޓް އޮފީހުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް