ގއ ކޮނޑޭ ކައުންސިލްގެ ތިޖޫރި ފަޅާލައި ބަނދަރުމަތީގައި ހުރި މަރިޔާދު ގެ އެއްގައި ރޯކޮށްލައިފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިސްމާއީލް އަލީ ވިދާޅުވީ ގެމަނަފުއްޓަށް ފުލުހުން ދިޔައީ އެރަށު ބަނދަރުމަތީގައި ފަހުން ހަދާފައި ހުރި ތަނެއް ރޯކޮށްލިކަމަށް ބުނެ އާންމު ފަރާތަކުން ފަތިހު 5:10 ގައި ހުށަހެޅި މައްސަލައެއް ތަހުގީގު ކުރުމަށް ކަމަށާއި، ކައުންސިލް އޮފީހުގެ ތިޖޫރި ފަޅާލާފައިވާކަން އެނގުނީ މަރިޔާދުގޭގައި ރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ކައުންސިލް އިދާރާ ހުޅުވުމުން ކަމަށެވެ.
"މަރިޔާދުގެ ރޯކޮށްލި މައްސަލަ ތަހުގީގު ކުރުމަށް ކައުންސިލް އިދާރާއަށް ދިއުމުން އެނގުނީ ތަޅު ހަލާކުކޮށްލާފައި ވާކަން، ބެލި އިރު ކައުންސިލްގެ ތިޖޫރި ހުރީ ފަޅާލާފައި، ތިޖޫރިން 50 ހާސް ރުފިޔާ އަދި ކައުންސިލުން ނިކޯން ކެމަރާއެއް ގެއްލިފައި ވާކަމަށް ކައުންސިލުން ބުނޭ" އިސްމާއީލް އަލީ ވިދާޅުވި އެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިޝަރު އިތުރަށް ވިދާޅުވީ މި ދެމައްސަލަ ތަހުގީގު ކުރުމުގެ މަސައްކަތް ގެމަނަފުށީގައި ގާއިމްވެ ތިވޭ ފުލުހުން ފަށާފައި ވާކަމަށާއި ނަމަވެސް މި މައްސަލައިގާ އެއްވެސް މީހަކު އަދި ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް