މެލޭޝިއާގެ ވެރިކަންކުރާ ޕާޓީގެ އާންމު ޖަލްސާގައި ބައިވެރިވުމަށް ރައީސް މައުމޫން މެލޭޝިއާއަށް

މެލޭޝިއާގެ ވެރިކަންކުރާ ޕާޓީ، ދަ ޔުނައިޓެޑް މެލޫސް ނެޝަނަލް އޯގަނައިޒޭޝަން (UMNO) ގެ ހާއްސަ ދައުވަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ މެލޭޝިއާއަށް ފުރާވަޑައިގަންނަވާނެކަމަށް ޕީޕީއެމުން...

21 Nov 2014 | 07:27

މެލޭޝިއާގެ ވެރިކަންކުރާ ޕާޓީ، ދަ ޔުނައިޓެޑް މެލޫސް ނެޝަނަލް އޯގަނައިޒޭޝަން (UMNO) ގެ ހާއްސަ ދައުވަތަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ މެލޭޝިއާއަށް ފުރާވަޑައިގަންނަވާނެކަމަށް ޕީޕީއެމުން ބުނެފި އެވެ.

އެ ޕާޓީން ބުނީ ރައީސް މައުމޫންގެ ދަތުރުފުޅަކީ މެލޭޝިއާގެ ވެރިކަންކުރާ ޕާޓީ، ދަ ޔުނައިޓެޑް މެލޫސް ނެޝަނަލް އޯގަނައިޒޭޝަން (UMNO) އިން އިންތިޒާމްކޮށްގެން މިމަހު 24 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ޕާޓީގެ އަހަރީ އާންމު ޖަލްސާއާއި އެ ޕާޓީން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ އިންޓަނޭޝަނަލް ފޯރަމެއްގައި ޕެނަލިސްޓެއްގެ ހައިސިއްޔަތުން ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް މައުމޫންގެ އަރިހުގައި ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ކައުންސިލް މެމްބަރު މުހައްމަދު ގައްސާން މައުމޫނާއި ޒުވާނުންގެ ހަރަކާތުގެ ރައީސް އިބްރާހިމް ޔޫސުފް އަދި އަންހެނުން ހަރަކާތުގެ ނައިބުރައީސް އާއިސަތު އިނާޔާ ބައިވެރިވެވަޑައިގަންނަވާނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް