ފުވައްމުލަކާ ގާތުގައި ސަޕްލައި ދޯންޏެއް ދިޔަވަނީ، ފަސް މީހުން ސަލާމަތްކުރަން ފުލުހުން ހަރަކާތްތެރިވެއްޖެ

ފަސް މީހުންނާއެކު ފުވައްމުލަކަށް ދަތުރުކުރަމުންދިޔަ "ރާސްތާ" ދޯނި ރަށުން 12 ނޯޓިކަލް މޭލު ދުރުގައި ދިޔަވަމުންދާތީ، ހަތަރު ދިވެހިންނާއި އެއް ބިދޭސީއަށް ފުލުހުން އެހީތެރިވަމުންދެއެވެ.

21 Oct 2026 | 12:26
ފުވައްމުލަކާ ގާތުގައި ސަޕްލައި ދޯންޏެއް ދިޔަވަނީ، ފަސް މީހުން ސަލާމަތްކުރަން ފުލުހުން ހަރަކާތްތެރިވެއްޖެ

ފަސް މީހުންނާއެކު ފުވައްމުލައް ސިޓީއަށް ދަތުރުކުރަމުންދިޔަ ސަޕްލައި ދޯންޏެއް އެ ރަށާ ކައިރީގައި ދިޔަވަމުންދާތީ، އެ ދޯންޏަށް އެހީތެރިވުމަށް ފުލުހުން މިއަދު މަސައްކަތް ފަށައިފިއެވެ.

ދިޔަވަމުން ދަނީ "ރާސްތާ" ކިޔާ މުދާ އުފުލާ ދޯންޏެވެ. ފުލުހުން ބުނާ ގޮތުގައި، އެ ދޯނި އޮތީ ފުވައްމުލަކުން ގާތްގަނޑަކަށް 12 ނޯޓިކަލް މޭލު ދުރުގައެވެ.

މި ހާދިސާއާ ބެހޭ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯހުން (އެމްއެންޑީއެފް) މެންދުރުފަހު 15:08 ގައި ރިޕޯޓުކުރުމުންނެވެ.

ދޯނީގައި ތިބީ ހަތަރު ދިވެއްސަކާއި އެއް ބިދޭސީއެކެވެ. ދޯންޏާއި ދޯނީގައި ތިބި މީހުންނަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް