ޅައިމަގު ބަނދަރުން ޑްރަގްސް ފެނުނު މީހަކު ފަސް ދުވަހަށް ބަންދަށް

ށ. ޅައިމަގު ބަނދަރުން ހުއްޓުވައި 1.6 ގުރާމުގެ މަސްތުވާތަކެތި ފެނުނު ރިޑުވާން ހަމީދު ކޯޓުން ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

21 Oct 2026 | 11:37
ޅައިމަގު ބަނދަރުން ޑްރަގްސް ފެނުނު މީހަކު ފަސް ދުވަހަށް ބަންދަށް

މަސްތުވާތަކެތި ށ. ޅައިމަގަށް ވައްދަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހަކު ކޯޓުން ފަސް ދުވަހަށް ބަންދުކޮށްފިއެވެ.

ހައްޔަރުކުރީ ވީނަސްގެ / ށ. ޅައިމަގު، ރިޑުވާން ހަމީދު (42އ) އެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މި މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އޭނާ ހުއްޓުވީ ޅައިމަގު ބަނދަރު ސަރަހައްދުންނެވެ.

ރިޑުވާން ބަލައިފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1.6 ގުރާމެވެ.

ބަންދާ މެދު ގޮތެއް ނިންމުމަށް ރިޑުވާން ކޯޓަށް ހާޒިރުކުރުމުން، ފަސް ދުވަހު ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް