އައިފޯން 18 އެއް ގިވްއަވޭ ގޮތުގައި ދިރާގުން ދޭން ވަނީ ނިންމާފައި --
ޓިކްޓޮކްގައި ކުރިއަށްގެންދާ ޗެލެންޖެއް މެދުވެރިކޮށް އައިފޯން 18 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވާލައިފިއެވެ.
ދިރާގުން ބުނީ މި ގިވްއަވޭގެ ތެރެއިން ދޭނީ "ބާގަންޑީ" ކުލައިގެ އައިފޯން 18 ޕްރޯ މެކްސްއެއް ކަމަށެވެ. މި ގިވްއަވޭ ކުރިޔަށް ދާނީ މިއަދުން ފެށިގެން ނޮވެ،ްބަރު ހަތަރު ވަނަ ދުވަހާއި ހަމައަށެވެ.
ގިވްއަވޭގައި ބައިވެރިވުމަށް ފުރަތަމަ ކުރަންޖެހޭނީ ޓިކްޓޮކްގައި ދިރާގުގެ "ޑީރާގުފޭންސް" އެކައުންޓް ފޮލޯ ކުރުމެވެ. ދެން، ދިރާގުން ޝާއިޢުކޮށްފައިވާ ރަސްމީ ގިވްއަވޭ ޕޯސްޓަށް ކޮމެންޓެއް ކޮށް، ދެ އެކުވެރިއަކު ޓެގް ކުރަންޖެހޭނެއެވެ.
ޓެގް ކުރާ ދެ އެކުވެރިން ވެސް ދިރާގުގެ އެ އެކައުންޓް ފޮލޯ ކުރާ މީހުން ކަމުގައި ވާންޖެހޭނެ ކަމަށް ދިރާގުން ބުނެފައިވެއެވެ.
ދިރާގުން ބުނީ މިފަދަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހުގެ ޓެކްނޮލޮޖީއާއި އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދީ، އެމީހުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކޮށްދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް