މަޝްވަރާގެ ކުރިޔަށް އެމެރިކާއިން ދެމުންދާ އިންޒާރާއި އިރާނަށް އަޅާފައިވާ ފިޔަވަޅުތައް އުވާލަން ޖެހޭ: އިރާންގެ ރައީސް

21 Oct 2026 | 04:49
އިރާނުގެ ރައީސް މައްސޫދް ޕެޒެޝްކިޔާން --

އިރާނުގެ ރައީސް މައްސޫދް ޕެޒެޝްކިޔާން --

އެމެރިކާއާ ވާހަކަ ދެއްކުމުގެ ކުރިން އެ ޤައުމުން އީރާނަށް އަޅާ ބާރާއި އިންޒާރުތައް ހުއްޓާލައި، ފިޔަވަޅުތައް އުވާލަން ޖެހޭ ކަމަށް އީރާނުގެ ރައީސް މައްސޫދު ޕެޒެޝްކިޔާން ވިދާޅުވެއްޖެ އެވެ،

ޕެޒެޝްކިޔާން މިހެން ވިދާޅުވީ ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ، ފީލްޑް މާޝަލް އާޞިމް މުނީރާ ބައްދަލުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި އެވެ.

މެދުއިރުމަތީގައި ކުރިމަތިވެފައިވާ ހުރިހާ މައްސަލައެއްގެ އަސްލަކީ އެމެރިކާގެ ހަނގުރާމަވެރި ސިޔާސަތު ކަމަށް ޕެޒެޝްކިޔާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީމަޝޤރަހު ހޫނުކޮށް، ހޯމުޒު ކަނޑުއޮޅީގައި ކުރިމަތިވާ ހުރަސްތަކާ ހަމައަށް، ސަރަޙައްދުގެ ހުރިހާ މައްސަލައެއް އުފެދެނީ އެމެރިކާގެ ހަނގުރާމަވެރިކަމުން ކަމަށެވެ. ޕެޒެޝްކިއާން ވިދާޅުވީ މުޅި ދުނިޔެ ހަނގުރާމައިގެ ތެރެއަށް ވައްދާލީ އެމެރިކާ ކަމަށާއި އޭގެ ސަބަބުވެސް އެމެރިކާއިން ހާމަކޮށްދޭން ޖެހޭ ކަމަށެވެ.

އެހެން ކަމުން ވާހަކަ ދައްކައި މަޝްވަރާ ގެ ކުރިން ހަނގުރާމަ ކުރާ ސަބަބާއި އިރާނާއަށް އަޅާފައިވާ ފިޔަވަޅުތައް އުވާލައި ދެމުންދާ އިންޒާރުތައް ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ، ފީލްޑް މާޝަލް އާޞިމް މުނީރާ އިރާނަށް ވަޑައިގެންނެވީ ދެ ޤައުމުގެ ގުޅުމާއި އެއްބާރުލުން ވަރުގަދަކުރުން ކަމަށް އީރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްމާޢީލް ބަޤާއީ ކުރިން ބުނެފައިވެއެވެ.

އެމެރިކާއާއި އިސްތިޢުމާރީ އިޒްރޭލުން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައާއެކު، ވޮޝިންގްޓަނާއި ތެހެރާންގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް ކުރާ މަސައްކަތުގައި ޕާކިސްތާނުން ވަނީ މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ. ދެ ޤައުމުގެ ޚިލާފުތައް ހައްލުކުރުމަށް ކުރާ ޑިޕްލޮމެޓިކް މަސައްކަތްތައް އަދިވެސް އޮތީ ހުއްޓިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް